މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) "ގްރީން އެއާޕޯޓް" އިނީޝިއޭޓިވްގެ ދަށުން ކުންފުނީގެ މުވައްޒަފުން ތިމާވެއްޓަށް އަހުލުވެރިކުރުވުމަށްޓަކައި ސިލްސިލާ އެވެއާނަސް ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.
އެމްއޭސީއެލުން މިއަދު ބުނީ ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީއާ ގުޅިގެން ކުރިއަށްގެންދާ އެ ޕްރޮގްރާމަކީ އެމްއޭސީއެލްގެ ސަސްޓެއިނަބިލިޓީ ލަނޑުދަނޑިތަކަށް ވާސިލުވުމުގެ އަމާޒުގައި މުވައްޒަފުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ކަމަށެވެ.
އިންޓަނޭޝަނަލް ޑޭ އޮފް ޒީރޯ ވޭސްޓްގެ މުނާސަބަތުގައި މިއަދު ބޭއްވި ސެޝަން ހާއްސަކޮށްފައިވަނީ "ޕާސިސްޓެންޓް އޯގަނިކް ޕޮލިއުޓެންޓްސް (ޕޮޕްސް) އެންޑް ހެޒަޑަރަސް ވޭސްޓް" ގެ މައުޟޫއުއަށް ކަމަށާއި އެ ސެޝަންގައި ނުރައްކާތެރި ކުނީގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާއި އެފަދަ ކުނި މެނޭޖްކުރާނެ ގޮތްތަކާ ބެހޭ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ.
އެމްއޭސީއެލުން ބުނީ އެ ސެޝަން ނަންގަވައިދެއްވީ އެންވަޔަރަމަންޓް މިނިސްޓްރީގެ ތަޖުރިބާކާރުން ކަމަށާއި އެ ބޭފުޅުން ވަނީ ތިމާވެށި ހިމާޔަތްކުރުމުގައި ކުންފުނިތަކުގެ ދައުރާއި، ނުރައްކާތެރި ކުނި ނައްތާލުމުގައި ގެންގުޅެންޖެހޭ މިންގަނޑުތަކާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރައްވާފައި ކަމަށެވެ.
އެމްއޭސީއެލް "ގްރީން އެއާޕޯޓް" އިނީޝިއޭޓިވްގެ ދަށުން ހަކަތައާއި ތިމާވެއްޓާ ގުޅުންހުރި ކަންކަން ސަސްޓެއިނަބަލް ގޮތެއްގައި ހިންގުމަށް ތަފާތު ޕްރޮގްރާމްތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމައިފައެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް