އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ސަރުކާރުގެ ހަރަދުތައް ކުޑަކުރަން ފަށާފައިވާ މަސައްކަތުގެ ދަށުން ބަންދުކުރަން ނިންމާފައިވާ އެމްބަސީތަކާއި ކޮންސުލޭޓްތަކުގެ ތެރޭގައި ރާއްޖޭގައި ހުންނަ އެމެރިކާ އެމްބަސީވެސް ހިމަނައިފި އެވެ.
ނިއު ޔޯކް ޓައިމްސް އާއި ރޮއިޓާސްއަށް ލިބިފައިވާ ސަރުކާރުގެ އެތެރޭގެ ސިއްރު ލިޔުންތަކަކަކާ ހަވާލާދީ އެ ނޫސްތަކުން ބުނެފައިވާ ގޮތުން ރައީސް ޓްރަމްޕު ސަރުކާރުގެ ހަރަދުތައް ކުޑަކުރަން ފަށާފައިވާ މަސައްކަތުގެ ދަށުން ސްޓޭޓް ޑިޕާޓްމަންޓުގެ ހަރަދުން 50 ޕަސެންޓް ކުޑަކުރަން ބޭނުންވެ އެވެ.
އެގޮތުން "ޕާސްބެކް" ގެ ނަމުގައި ޓްރަމްޕުގެ ސަރުކާރުން ތައްޔާރުކޮށްފައިވާ އެ ޕްލޭންގެ ދަށުން 1 އޮކްޓޫބަރު 2026 ގައި ފަށާ މާލީ އަހަރު ސްޓޭޓް ޑިޕާޓްމަންޓުގެ ބަޖެޓުން 30 ބިލިއަން ޑޮލަރު ކުޑަކުރަން ބޭނުންވާ ކަމަށް ބުނެފައިވެ އެވެ.
އެކަމަށްޓަކައި 10 އެމްބަސީއަކާއި 17 ކޮންސިއުލޭޓެއް ބަންދުކޮށް، ފޮރިން މިޝަންތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު މަދުކުރަން ވަނީ ނިންމައިފަ އެވެ.
ނޫސްތަކުގައި ބުނެފައިވާ ގޮތުން ބަންދު ކުރަން މަސައްކަތް ކުރަނީ ރާއްޖޭގައި ހުޅުވި އެމްބަސީގެ އިތުރުން ސެންޓްރަލް އެފްރިކަން ރިޕަބްލިކް، އެރިޓްރިއާ، ގެމްބިއާ، ލެސޯތޯ، ކޮންގޯ އަދި ސައުތް ސުދާންގެ އިތުރުން ލަގްޒެމްބާގް، މަލްޓާ އަދި ގްރެނާޑާ އެވެ.
އެ ބަދަލުތައް ގެންނަން ބޭނުންވެއްޖެ ނަމަ ސަރުކާރުން އެ މައްސަލަ ކޮންގްރެސްއަށް ހުށަހަޅަންޖެހެ އެވެ. ނަމަވެސް އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް އިން ބުނީ ކޮންގްރެސްއަށް ހުށަހެޅުމުގެ ކުރިން ފައިނަލް ވާޝަން ބަދަލުކުރެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.
ރާއްޖޭގައި އެމްބަސީ ހުޅުވުމުގެ ކުރިން އެމެރިކާ އިން ރާއްޖޭގެ ކަންކަން ބަލަހައްޓަމުން ދިޔައީ ސްރީ ލަންކާގައި ހުންނަ އެމެރިކާ އެމްބަސީ މެދުވެރިކޮށެވެ. މިހާރު އެމްބަސީ ހިންގަނީ ހުޅުމާލޭގައި ހުންނަ ސަރުކާރުގެ އޮފީސް އިމާރާތް، އުމަރު ޒާހިރު ބިލްޑިން އިން ތަނެއް ކުއްޔަށް ހިފައިގެންނެވެ.
ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީ ބަންދުކުރަން ވިސްނާއިރު، އެމެރިކާ އެމްބަސީއަށް ހުޅުމާލެއިން މިހާރު ބިމެއް ވެސް ވަނީ ހަމަޖައްސައިފަ އެވެ.
މުހައްމަދު ސިމާއު
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ
ބިދޭސީ ބާރުގެ ތިލަފަތް އިންޑިޔާ ކޮޅަށް މާ ބަރުވިޔަ ނުދިނުމަށް އެމެރިކާގެ އެންބަސީއެއް ހުރުން ރާއްޖެއަށް މުހިއްމު.
ޝަފީގު - 1 އަހަރު ކުރިން