މާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކުލިނިކު، ޓީޓީއެޗް ކުލިނިކުން ފޯރުކޮށްދެމުން އަންނަ ސިއްހީ ހިދުމަތް އިތުރަށް ފުޅާކޮށް ގިނަ ބަޔަކަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ޓެލެމެޑިސިން ކޮންސަލްޓޭޝަން ހިދުމަތް މިއަދު ތައާރަފުކޮށްފިއެވެ.
ޓްރީ ޓޮޕުން ބުނީ އެ ހިދުމަތުގެ ސަބަބުން ބަލިމީހުންނަށް ބޯޑު-ސެޓިފައިޑް ފެމިލީ މެޑިސިން ސްޕެޝަލިސްޓުންނާ ރައްކާތެރި އަދި ފަސޭހަ ވާޗުއަލް ޕްލެޓްފޯމްތަކުން މަޝްވަރާކުރެވޭނެ ކަމަށެވެ.
އެ ހުރިހާ ހިދުމަތެއްވެސް ޓްރީ ޓޮޕް ހޮސްޕިޓަލުގެ މައިޓީޓީއެޗް އެޕް މެދުވެރިކޮށް ލިބޭނެ ކަމަށާއި އެ އެޕް މެދުވެރިކޮށް އޮންލައިން ކޮންސަލްޓޭޝަންތަކާއި ވީޑިއޯ ކޯލްތައް ފަސޭހަކަމާއެކު ކުރިއަށްގެންދެވޭނެ ކަމަށް ޓްރީ ޓޮޕުން ބުންޏެވެ.
ވީޑިއޯ ކޮންސަލްޓޭޝަންތައް ހިމެނޭ ގޮތަށް ހުރިހާ އެޕޮއިންޓްމަންޓްތަކެއްވެސް ކުރިއަށްދިއުމަށް ހަމަޖެހިފައިވަނީ ހަމައެކަނި މައިޓީޓީއެޗް މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ މުޅި ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގެ ބަލިމީހުންނަށް ހިދުމަތްދިނުމަށް ހާއްސަކޮށް ފަރުމާކުރެވިފައިވާ އެ ހިދުމަތުން، ވަކިން ހާއްސަކޮށް ދުރު ރަށްރަށުގެ މުޖުތަމައުތަކަށް އިތުރު ފައިދާތަކެއް ކުރާނެ ކަމަށެވެ. އަދި ވާޗުއަލްކޮށް ހިދުމަތް ދިނުމުގައިވެސް ޓްރީ ޓޮޕް ހޮސްޕިޓަލުގެ މަތީ ފެންވަރުގެ ކުލިނިކަލް މިންގަނޑުތައް ދެމެހެއްޓޭނެ ކަމަށެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުން ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން މައުލޫމާތުދޭ ގޮތުގައި، އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާއެކު، ޓްރީޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ސްޕެޝަލިސްޓުންނާއި ސިއްހީ ދާއިރާގައި އެކި ނަން މަޝްހޫރު ދާއިރާތަކުން ހާއްސްވެފައިވާ ޑޮކްޓަރުންގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.
އިތުރު މައުލޫމާތު ހޯދުމަށް 3351630 އަށް ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން އެދެއެވެ.
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް