މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު އަބްދުﷲ އަހުމަދު ބަދަވީ އަވަހާރަވެއްޖެއެވެ. އަވަހާރަވި އިރު އުމުރަކީ 85 އަހަރެވެ.
އޭނާ އަވަހާރަވީ މިދިޔަ އާދިއްތަ ދުވަހު ސިއްހީ ހާލުކޮޅު ދެރަވެ އެ ގައުމުގެ ނެޝަނަލް ހާޓް އިންސްޓިޓިއުޓްގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ.
މެލޭޝިއާގެ ފަސްވަނަ ބޮޑުވަޒީރު އަބްދުﷲ އަހުމަދު ބަދަވީ ވަނީ ވެރިކަމާ ހަވާލުވި އިރު ކުރީގެ ބޮޑުވަޒީރު މަހާތިރު މުހައްމަދުގެ ވެރިކަމަށްފަހު ގައުމު އޮތް އަނދަވަޅަކުން ނަގައި އާންމު ދިރިއުޅުން ހަމައަކަށް އެޅުމުގައި ބޮޑުދައުރެއް އަދާކުރައްވައިފައެވެ.
2003 އިން 2009 އަށް މެލޭޝިއާގެ ބޮޑުވަޒީރު ކަމުގައި ހުންނެވި އަބްދުﷲ އަހުމަދު ބަދަވީ އަކީ އެގައުމުގައި އަދިވެސް އާންމުންގެ މެދުގައި ވަރަށް މަގުބޫލު ޝަހުސިއްޔަތެކެވެ.
މުހައްމަދު އައުޒަމް
މެލޭޝިޔާ
މެލޭޝިޔާ
މެލޭޝިޔާ
މެލޭޝިޔާ