މިދިޔަ ރޯދަ މަހު އެއް ބިލިއަން ރުފިޔާގެ ކާބޯތަކެތި ރާއްޖެއަށް އެތެރެކުރިކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ އިދާރާ އިން މިއަދު އާންމުކުރި އިމްޕޯޓް، އެކްސްޕޯޓް ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ މަހު ރާއްޖެއަށް ވަނީ، ބަނގުރަލާއި އޫރުމަސް އަދި ދުންފަތް ނުހިމަނައި އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ކާބޯތަކެތި އެތެރެކޮށްފައެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ މަހާއި އޭގެ ކުރީ މަހުވެސް ތެލުގެ ބާވަތްތައް ހިމަނައިގެން، ޖުމުލަ އިމްޕޯޓް ހުރީ 4.4 ބިލިއަން ރުފިޔާގައެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހުވެސް ތިން ވަނައަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ މެޝިނަރީ އާއި އިލެކްޓްރޯނިކް ސާމާނެވެ. އެގޮތުން މިދިޔަ މަހު 729 މިލިއަން ރުފިޔާގެ އިލެކްޓްރޯނިކް ސާމާނު ރާއްޖެއަށް އެތެރެކޮށްފައިވެއެވެ.
މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޔޫއޭއީ އިންނެވެ. އެއީ ޖުމުލަ މުދަލުގެ 30 ޕަސަންޓެވެ.
މިދިޔަ މަހު ރާއްޖެ އިން 204 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައިވާ އިރު، އޭގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ މަހުގެ ބާވަތްތަކެވެ. މިދިޔަ މަހު ރާއްޖެއިން އެކްސްޕޯޓުކުރި މުދަލުގެ 58 ޕަސެންޓު ފޮނުވާފައިވަނީ ތައިލެންޑަށެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސް
މޯލްޑިވްސް ކަސްޓަމްސް ސާވިސް
މޯލްޑިވްސް ކަސްޓަމްސް ސާވިސް