މަޝްހޫރު އަންހެނުން ބޭންޑް، ސްޕައިސް ގާލްސް އެނބުރި އައުމަށް މިއުޒިކްގެ ދާއިރާއަށް ލޯބިކުރާ ފަރާތްތަކުން ވަރަށް ބޮޑަށް އުންމީދު ކުރެއެވެ. އެ އުއްމީދު ހަގީގަތަކަށް ވެދާނެކަމުގެ އިޝާރާތެއް އެ ބޭންޑުގެ މެންބަރު މެލާނީ ބްރައުން (މެލް ބީ) މިވަނީ ދީފައެވެ.
އެކި އަހަރުތަކުގެ 'ސްކެއަރީ ސްޕައިސް'ގެ ވީޑިއޯތައް ބަލަން އިންދާ ނަގާފައިވާ ވީޑިއޯއަކާއެކު ބެލް މީ އިންސްޓަގުރާމުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ފަހަރެއްގައި އެ ހުރިހާ ކަމެއް އަލުން ތަކުރާރުކުރަން ޖެހިދާނެ ކަމަށެވެ.
މެލް ބީގެ އެ ޕޯސްޓަކީ ސްޕައިސް ގާލްސް އެނބުރި އަތުވެދާނެ ކަމަށް ދިން ފުރަތަމަ އިޝާރާތެއް ނޫނެވެ. "ސްޕޯޓީ ސްޕައިސް" ގެ ނަމުން މަޝްހޫރު މެލާނީ ޗިޝޯމް ވަނީ މި ފަހުން އޮސްޓްރޭލިއާގެ ރޭޑިއޯ ސްޓޭޝަނަކަށް ދިން އިންޓަވިއުއެއްގައި އަންނަ އަހަރު އެ މީހުންގެ ފުރަތަމަ ސިންގަލް ނެރުނުތާ 30 އަހަރު ފުރޭނެ ކަމަށް ބުނެފައެވެ. އަދި އެކަމަށްޓަކައި ހާއްސަ ކަމެއް ކުރަންޖެހޭނެ ކަމަށް އޭނާ ބުނެފައިވެ އެވެ.
އޭގެ ތަފުސީލެއް މެލާނީ ނުދިން ނަމަވެސް ކުޑަ ވާލްޑް ޓުއާއެއް ރަނގަޅުވާނެ ކަމަށް ބުނެފައިވެ އެވެ.
ސްޕައިސް ގާލްސްގައި ހިމެނެނީ ބެލް ބީގެ އިތުރުން ޖެރަލްޑިން ހޯނާ، މެލާނީ ޗިޝޯމް، އެމާ ބަންޓަން، އަދި ވިކްޓޯރިއާ ބެކަމް އެވެ. 1996 ގައި ނެރުނު އެ ބޭންޑުގެ ފުރަތަމަ ސިންގަލް "ވޯނަބީ" އަކީ ރެކޯޑް ލަވައެކެވެ. އެ ލަވައިގެ 100 މިލިއަނަށްވުރެ ގިނަ ރެކޯޑު ވަނީ ވިކިފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން