ފަލަސްތީންގެ ގާޒާއަށް އެހީ އެތެރެކުރުމަށް އިޒްރޭލަށް ޕްރެޝަރުކުރަން ސައުދީ އަރަބިއާ އިން ގޮވާލައިފިއެވެ.
އިޒްރޭލުން ގާޒާގައި ހިންގަމުންގެންދާ ނަސްލެއް ނައްތާލުމުގެ ހަނގުރާމައިގައި ގާޒާއަށް ވަދެވެން އޮންނަ ހުރިހާ ބޯޑަރެއް ބަންދުކޮށް ގާޒާގެ އެތައް މިލިއަން މީހުންނަށް އަސާސީ އެހީ ލިބުން ހުއްޓުވާފައި އޮންނަތާ މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައުދީގެ ފޮރިން މިނިސްޓަރު ފައިސަލް ބިން ފަރްހާން ވަނީ އިޒްރޭލުން ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވުމާއި ގާޒާއަށް އެހީ އެތެރެކުރުން ހުއްޓުވުމާއި ގުޅުމެއް ނެތް ކަމަށާއި އިޒްރޭލުގެ ސަރުކާރަށް ޕްރެޝަރު ކޮށްގެން އެހީ ފޯރުކޮށްދެވޭނެ މަގެއް ހޯދުމަށް ގޮވާލައިފައެވެ.
އަދި ހަމަލާ ބަދަލުކުރުން ހުއްޓުވުމުގެ މަޝްވަރާތަކުގައި މިސްރާއި ގަތަރުން ފޯރުކޮށްދޭ އެހީއަށް އޭނާ ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
ފައިސަލް ވަނީ ފަލަސްތީނުގެ އާންމުން އެ މީހުންގެ ބިމުން ބޭރުކުރުމަށް ސައުދީން ދެކޮޅު ހަދާނެ ކަމަށާއި އިޒްރޭލުން ގާޒާގައި ހިންގަމުން ގެންދަނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ހިލާފު އަމަލެއް ކަމަށްވެސް ވިދާޅުވެފައެވެ.
މުހައްމަދު އައުޒަމް
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ