ޑޮމިނިކަން ރިޕަބްލިކްގެ ނައިޓް ކުލަބެއްގެ ފުރާޅު ވެއްޓި 27 މީހުން މަރުވެއްޖެއެވެ.
ރިޕޯޓުތައް ބުނާގޮތުގައި ޑޮމިނިކަން ރިޕަބްލިކްގެ ނައިޓު ކުލަބެއްގެ ފުރާޅު ވެއްޓުނު ހާދިސާގައި އެތަނުގެ ދަށުގައި 100 ވަރަކަށް މީހުން ވަނީ ތާށިވެފައިވެފައެވެ. އަދި އެމީހުން ސަލާމަތް ކުރުމަށް ރެސްކިއު ޓީމުތަކުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އަންގާރަ ދުވަހު ހިނގި އެ ހާދިސާގައި މިހާތަނަށް 27 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނާ އިރު، އިމާރާތުގެ ފުރާޅުގެ ދަށުގައި ތާށިވެފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.
ޑޮމިނިކަން ރިޕަބްލިކްގެ ސަންޓޯ ޑޮމިންގޯގައި ހުރި އެ ނައިޓު ކުލަބުގެ ފުރާޅު ވެއްޓުނު ސަރަހައްދުން 138 މީހުން ސަލާމަތްކޮށްފައިވާ ކަމަށް އެގައުމުގެ ސަރުކާރުގެ އޮފިޝަލުން ނެރުނު ބަޔާނެއްގައިވެއެވެ.
ހާދިސާ ހިނގި ވަގުތު 300 އަށްވުރެ ގިނަ މީހުން އެތަނުގައި ތިބި ކަމަށާއި ރެސްކިއު ޓީމުތަކުން ކުރިއަށްދާ އޮޕަރޭޝަންގައި ފެންނަ ހުރިހާ މީހުންނަށް ހޮސްޕިޓަލުތަކުގައި ފަރުވާދެމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މުހައްމަދު އައުޒަމް
ކުޅިވަރު
ބޭރު ކުޅިވަރު