ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ޝާފިއު މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ޝާފިއު އޭނާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަސްވެރި ސިނާއަތުގެ ކަންކަން ހައްލުކޮށްދެއްވާނެ ކަމުގެ އުންމީދުގައި ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުން މިއަދުން ފެށިގެން އިސްތިއުފާދެއްވާފައިވާ ކަމަށެވެ.

ޝާފިއު "ވަން" އަށް ވިދާޅުވީ، އޭނާ މަގާމުން އިސްތިއުފާ ދެއްވީ އެއްވެސް ފަރާތަކާ ހިތްހަމަ ޖެހުމެއް އޮވެގެން ނޫން ކަމަށާއި މި ވަގުތު އަމިއްލަ ބައެއް ކަންކަމަށް އިސްކަން ދިނުމަށް ފެންނާތީ ކަމަށެވެ.

ފިޝަރީޒްގެ ޑެޕިއުޓީ މިނިސްޓަރުކަމުން ޝާފިއު އިސްތިއުފާ ދެއްވި އިރު، އޭނާއަކީ މަސްވެރި ސިނާއަތަށް ގިނަ ހިދުމަތްތަކެއްކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން، ދިވެހި މަސްވެރިންގެ ޖަމްއިއްޔާ އުފައްދައި އެ ޖަމިއްޔާ މެދުވެރިކޮށް މަސްވެރިންގެ އަޑު އިހުނަށްވުރެ ގަދަކުރިއެވެ. ޝާފިއުއަކީ، ތައުލީމީ ދާއިރާއިން މާސްޓާސް ހާސިލްކުރައްވާފައިވާ އިލްމީ ބޭފުޅެއްވެސް މެއެވެ.