އދ.ގެ ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން (ސީއެސްޑަބްލިއު)ގެ މެމްބަރަކަށް ވުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަހުރެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އދ. ގެ ސީއެސްޑަބްލިއުގެ މެމްބަރަކަށް ރާއްޖެ އިންތިހާބުވީ 2026-2030ގެ ދައުރަށެވެ.
ރައީސް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އދ.ގެ ސީއެސްޑަބްލިއުއަށް އިންތިހާބުވުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަހުރެއް ކަމަށެވެ.
ރައީސް ވަނީ އެ ކޮމިޝަނަށް އިންތިހާބުވި އިތުރު ގައުމުތަކަށް މަރުހަބާ ދަންނަވައިފައެވެ.
ރައީސް ވިދާޅުވީ އަންހެނުންގެ ހައްގުތަކާއި އަންހެނުން ބާރުވެރިކުރުވުމާ ގުޅުންހުރި ކަންކަމުގައި ކޮމިޝަނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެއިން ތައްޔާރަށް އޮތް ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެއިން ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި އަންހެނުންގެ ހައްގުތަކާއި ދަރަޖަ ކުރިއެރުވުމުގެ މަގުގައި ގިނަގުނަ ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އަދި މި މަގުގައި ރާއްޖެއިން އެންމެހާ ބައިވެރިންނާ ގުޅިގެން މަސައްކަތްކޮށް ކޮމިޝަންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، މިހާރަށްވުރެ ޝާމިލުކަން ބޮޑު މުސްތަގުބަލަކަށް ވާސިލުވުމަށް އުންމީދު ކުރައްވާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
ޔުނައިޓެޑް ނޭޝަންސް
ޔުނައިޓެޑް ނޭޝަންސް
ޔުނައިޓެޑް ނޭޝަންސް
ޔުނައިޓެޑް ނޭޝަންސް