މާދަމާ މެންދުރުފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބާރު ބޮޑު ވާނެތީ ދުރާލާ އެއާޕޯޓަށް ދިއުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު އިލްތިމާސްކޮށްފިއެވެ.

އެމްއޭސީއެލް ނެރުނު ބަޔާނެއްގައި ބުނީ މާދަމާ މެންދުރު އުމްރާއިން މީހުން އެނބުރި އަންނާނެ ކަމަށާއި އެހެންކަމުން އެއާޕޯޓަށް ފުރަން ދާ މީހުން ވީހާވެސް އަވަހަށް ޗެކިން އަދި ސެކިއުރިޓީ ކްލިއަރެންސް ހެދުމަށް އެދޭ ކަމަށެވެ.

އެމްއޭސީއެލުން ބުނި ގޮތުގައި އުމްރާއިން މީހުން އަންނަ ފްލައިޓުތައް ވީއައިއޭގައި ޖައްސާނީ މާދަމާ މެންދުރުފަހު 2:00 އާއި ހަވީރު 4:00 ގައެވެ.

އެމްއޭސީއެލުން ވަނީ ޓެކްސީތަކުން ވެސް ޓްރެފިކް ފްލޯއަށް ބަލައި ތޮއްޖެހުން ކުޑަވާނެ ގޮތަކަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ.