ރާއްޖެއަށް ސިނގިރޭޓް އެތެރެކޮށް ވިއްކާ ފަރާތްތަކުން އެ ވިޔަފާރި ހުއްޓާލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ.
"ރައްޔިތުންނާ އެކު"ގެ ނަމުގައި ރައީސް ކުރިއަށް ގެންދަވާ ޕޮޑްކާސްޓުގެ ދެވަނަ އެޕިސޯޑުގައި އެ މަނިކުފާނު ވިދާޅުވީ، ޓެކްސް ބޮޑުކޮށްގެން ނުވަތަ ފަހަރަކު ތަންކޮޅެއް މަނާކޮށްގެން ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ނުހުއްޓުވޭނެ ކަމަށެވެ. އެކަން އެގޮތަށް ކޮށްފި ނަމަ ސިނގިރޭޓު އެތެރެކުރާ މީހުންނަށް އެކަމުން ފައިދާ ނެގުމުގެ ފުރުސަތު ލިބޭނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު އެދެން ސިނގިރޭޓް އެތެރެކޮށް އެ ވިޔަފާރިކުރާ ފަރާތްތައް އެ ވިޔަފާރި ދޫކޮށްލަން، އެހެންކަމަކާ އުޅެން. މީކީ ކުރާވަރުކަމެއް ނޫން. މީ ކުޑަކުޑަ ގައުމެއް. މިއީ މިލިއަނުން މިލިއަނުން މީހުން އުޅޭ ގައުމެއް ނޫން. ކީއްކުރަން މިތާނގައި އެކަން ކުރަންވީކީ ހަގީގަތުގައި؟ އަޅުގަނޑުމެންގެ މި ކުޑަ މުޖުތަމައު އެކަމުން ސަލާމަތްކުރިއްޔާ މާ ރަނގަޅެއްނު އެކަމުން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ދުންފަތް ކޮންޓްރޯލްކުރުމަކީ އެ މަނިކުފާނު ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެއް ކަމަށާއި ހާއްސަކޮށް ޒުވާން ޖީލު އެކަމުން ސަލާމަތްކުރަން ބޭނުންފުޅުވާ ކަމަށެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލުކުރުން އާދައަކަށް ނުވަނީސް އެކަން ހުއްޓުވަންޖެހޭ ކަމަށް ވިދާޅުވިއެވެ.
އެކަމަށް ބާރު ދެއްވައި ރައީސް ވިދާޅުވީ ދުންފަތުން ޖެނެރޭޝަން ބޭންއެއް ތައާރަފުކުރުމުގެ ވިސްނުންފުޅެއް ގެންގުޅުއްވާ ކަމަށެވެ. އެކަން ކުރެއްވުމަށް ތިން ހިޔާލެއް ގެންގުޅުއްވާ ކަމަށާއި ނަމަވެސް އެކަމާ މެދު ގޮތެއް ނިންމާނީ ސިއްހީ ބޭފުޅުންނާއި ރައްޔިތުންގެ ލަފާގެ މަތިން ކަމަށް ވިދާޅުވިއެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު