ސަރުކާރުގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި 75 އެނދުގެ އާ ވޯޑެއް އަންނަ މަހުގެ ތެރޭގައި ހުޅުވަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"ރައްޔިތުންނާ އެކު" ގެ ނަމުގައި ރައީސް ކުރިއަށް ގެންދަވާ ޕޮޑްކާސްޓްގެ ދެވަނަ އެޕިސޯޑުގައި އެ މަނިކުފާނު ވިދާޅުވީ، އައިޖީއެމްއެޗުގައި 75 އެނދުގެ އާ ވޯޑެއް ހުޅުވައި ހިދުމަތް ދޭން ފެށުމުން އެ ހޮސްޕިޓަލަށް މިހާރު ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.
އެ ވޯޑުގައި ޖެނެރަލް ވޯޑުގެ 44 އެނދާއި ހައި ޑިޕެންޑެންސީ (އެޗްޑީޔޫ)ގެ 15 އެނދާއި އަދި ޕްރައިވެޓް 14 ޔުނިޓު ހިމެނޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އައިޖީއެމްއެޗުގައި ތުއްތު ކުދިންނާއި 16 އަހަރުން ދަށުގެ ކުދިންނަށް ހާއްސަ އެމަޖެންސީ ރޫމެއްވެސް ހަދާފައިވާ ކަމަށެވެ. އެތަނުން މިހާތަނަށް 10،393 ކުދިން ހިދުމަތް ހޯދާފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
އަލީ ޔާމިން
އައިޖީއެމްއެޗް