ސަރުކާރުގެ ފަރާތުން މި އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ބެހި މަސްދަޅު ކޭސްތައް ގަތުމަށް ދައުލަތުން 79 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ކޮންމެ ގެއަކަށް ސަރުކާރުން މަސްދަޅު ކޭހެއް ހަދިޔާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައި، މާލެ އާއި އަތޮޅުތެރޭގެ ރަށްރަށުގައި މަސްދަޅު ކޭސް ދަނީ ބަހަމުންނެވެ.
މަސްދަޅު ކޭހަށް ކުރި ހަރަދު ހޯދަން 'ވަން' އިން ސުވާލު ކުރުމުން ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، މިދިޔަ މާޗު މަހުގެ 20 ވަނަ ދުވަހާ ހަމައަށް ރޯދަ ހަދިޔާގެ ގޮތުގައި 108،801 މަސްދަޅު ކޭސް ސަރުކާރުން ދޫކޮށްފައިވާ ކަމަށެވެ.
އެ މަސްދަޅު ކޭސްތައް ގަތުމަށް ދައުލަތުން 79.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށްވެސް އޮފިޝަލު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކޮންމެ މަސްދަޅު ކޭހަކަށް މިފްކޯ އިން ރުފިޔާގެ ޑިސްކައުންޓެއް ދިނުމުން ކޮންމެ މަސްދަޅު ކޭހަކަށް ސަރުކާރުން ހަރަދުކުރީ 730 ރުފިޔާ ކަމަށެވެ.
މުހައްމަދު ސިމާއު
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް