ދެކުނު ކޮރެއާގެ ޖަންގަލީގައި ރޯކޮށްލި މީހާ ހައްޔަރުކޮށްފި އެވެ.
ދެކުނު ކޮރެއާގެ ޖައްގަލި ސަރަހައްދުތަކުގައި ރޯވި އަލިފާންގަނޑު މީހުން ދިރިއުޅޭ ސަރަހައްދުތަކަށްވެސް ފެތުރިފައިވާއިރު މިއީ އެ ގައުމުގެ ތާރީހުގައިވެސް މިހާތަނަށް ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާ އެވެ.
އެ މައްސަލައިގައި 56 އަހަރު މީހަކު ހައްޔަރުކޮށްފައިވާއިރު ފުލުހުން ބުނާ ގޮތުން އޭނާ ޖަންގަލީގައި ރޯކޮށްލީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އޭނާގެ އާއިލާ ބައެއްގެ މަހާނާތައް ސާފުކުރުމުގެ މަސައްކަތް ކުރުމުގެ ތެރޭގައެވެ. އަދި އެކަން އޭނާގެ އާއިލާގެ ބައެއް މީހުންގެ ފަރާތުން ތަހުގީގަށް ކަށަވަރު ކޮށްފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.
ދެކުނު ކޮރެއާގައި ރޯވި އަލިފާންގަނޑުގެ ސަބަބުން 48،000 ހެކްޓަރުގެ ސަރަހައްދެއްގައި ރޯވެފައިވާއިރު 30 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މުހައްމަދު އައުޒަމް
ދެކުނު ކޮރެއާ
ދެކުނު ކޮރެއާ
ދެކުނު ކޮރެއާ
ދެކުނު ކޮރެއާ