އިޓަލީގެ ވެރިރަށް ރޯމްގައި ހުންނަ ޓެސްލާގެ ގުދަނެއްގައި އަނެއްކާވެސް ރޯކޮށްލައިފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިއްޔެ ހިނގި އެ ހާދިސާ ހިނގި ވަގުތު އެތަނުގައި އެއްވެސް މީހަކު ނެތެވެ. ނަމަވެސް އެ ގުދަނުގައި ހުރި 17 ވެހިކަލެއް ވަނީ އަނދައި ހުލިވެފަ އެވެ.
އެ ހާދިސާގެ ތަހުގީގު ފަށާފައިވާއިރު ރޯވި ގުދަނާއި ގުޅުންހުރި މީހުންނާއި ސުވާލުކޮށް ސީސީޓީވީ ފޫޓޭޖު ބަލަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެ ގުދަނުގައި ރޯވެފައި މިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ޓެސްލާގެ ވެރިޔާ އެލަން މަސްކާ ދެކޮޅަށް އިޓަލީގައި ކުރިއަށްދާ ބޮޑު ކެމްޕެއިންގެ ތެރެއިން ޓެސްލާގެ ވެހިކަލްތަކަށް ގެއްލުންދީ ޓެސްލާއާ ދެކޮޅަށް ހަރަކާތްތަކެއް ހިންގަމުންދާ ވަގުތެއްގައެވެ.
އެގޮތުން މީގެ ހަފުތާއެއް ކުރިން ރޯމުގައި ހުންނަ ޓެސްލާގެ އިތުރު ގުދަނެއްގައި ރޯކޮށްލާފައިވެއެވެ. އެ ހާދިސާގައި 30 ކާރު އަނދައި ހުލިވި އެވެ.
މުހައްމަދު އައުޒަމް
ޓެސްލާ
ޓެސްލާ
ޓެސްލާ
ޓެސްލާ