ޓެސްލާގެ ޝޯރޫމެއް އިންޑިއާގައި ހުޅުވަން ނިންމައިފިއެވެ.
އޮފިޝަލުން ބުނެފައިވާ ގޮތުގައި، އިންޑިއާގައި ޓެސްލާގެ ޝޯރޫމެއް އަންނަ އަންގާރަ ދުވަހު ހުޅުވާން ތައްޔާރު ވަމުން އަންނައިރު، އެ ޝޯރޫމް މެދުވެރިކޮށް އިންޑިއާގައި ޓެސްލާގެ ކާރުތައް ގަނެވޭނެ އެވެ.
އިންޑިއާގެ މުމްބާއީގައި ހުޅުވާން ހަމަޖެހިފައިވާ ޓެސްލާގެ ޝޯރޫމް މެދުވެރިކޮށް އަންނަ ހަފުތާގައި އޯޑަރު ކުރެވޭނެ ކަމަށާއި އަންނަ މަހުން ފެށިގެން ޓެސްލާގެ ކާރުތައް ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ވެސް އޮފިޝަލުން ބުނެއެވެ.
ޓެސްލާއިން އިންޑިއާގައި އާ ޝޯރޫމެއް ހުޅުވާން މަސައްކަތް ކުރަމުން އަންނައިރު ޓެސްލާގެ މޮޑެލް ވައިގެ ކާރުތައް ޗައިނާއިން އިންޑިއާއަށް އެތެރެކޮށްފައިވާކަމަށް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.
ޓެސްލާގެ ދެވަނަ ޝޯރޫމެއް އިންޑިއާގެ ވެރިރަށް ދިއްލީގައި ހުޅުވާން ނިންމައިފައިވާއިރު، އެކަމުގެ ތަފްސީލެއް އަދި އާއްމެއް ނުކުރެއެވެ.
މުހައްމަދު އައުޒަމް
އިސްލާމީ ތާރީޚު
ރައްޔިތުންގެ މަޖިލިސް
މާރާމާރީ