ޓެސްލާގެ އުދުހޭ ކާރު މިއަހަރު ނިމުމުގެ ކުރިން ލޯންޗުކުރާނެކަަން އިއުލާންކޮށްފިއެވެ.

ޓެސްލާގެ ސީއީއޯ އިލޮން މަސްކު ވިދާޅުވީ އުދުހޭ ކާރުގެ ފުރަތަމަ ކާރު މިއަހަރު ނިމުމުގެ ކުރިން ދައްކާލާނެ ކަމަށާއި އެ ކާރު ވެގެންދާނީ ތާރީހުގައި ހަނދާނުން ނުފިލާނެ ވަރުގެ ކާރެއް ކަމަށެވެ.

ޖޯ ރޯގަންގެ ޕޮޑްކާސްޓުގައި މަސްކު ވަނީ އެކަން އިއުލާންކުރައްވައި، އެ ކާރު ލޯންޗުކުރާނެ ތާރީހު ފަހުން އިއުލާންކުރާނެ ކަމަށް ފާހަގަކުރައްވައިފައެވެ.

މަސްކު ވިދާޅުވީ ޓެސްލާގެ އުދުހޭ ކާރު ވެގެންދާނީ ވަރަށް ތަފާތު ޕްރޮޑަކްޓަކަށް ކަމަށާއި އެ ޓެކްނޮލޮޖީ ވާނީ މުޅިން އާ ޓެކްނޮލޮޖީއަކަށް ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުން ޓެސްލާއިން ތައާރަފުކުރާ އުދުހޭ ކާރު އެންމެ ފުރަތަމަ 2017 ވަނަ އަހަރު ދައްކާލަން ނިންމާފައިވީ ނަމަވެސް، ފަހުން 2020 ވަނަ އަހަރަށް ބަދަލުކުރިއެވެ. އޭގެ ފަހުން އެ ތާރީހު ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކުރިއެވެ.

ޓެސްލާއިން ދައްކާލާ އާ ޕްރޮޑަކްޓުތައް ބާޒާރަށް ނެރުމުގެ ކުރިން އަބަދުވެސް ފުރަތަމަ ކާރު ދައްކާލައެވެ.