ޓެސްލާ ވައްޓާލައި ބީވައިޑީ ރޭހުގެ ކުރިޔަށް ޖެހިލައިފިއެވެ.
ދުނިޔޭގައި ކުރިއަރަމުން އަންނަ އިލެކްޓްރިކް ވެހިކަލް ނުވަތަ އީވީ ވެހިކަލްތަކުގެ ބްރޭންޑް ތަކުގެ ތެރެއިން އެތައް އަހަރަކު އެންމެ ކުރީގައި އޮތް ޓެސްލާ ވައްޓާލައި ބީވައިޑީއިން މިވަނީ ދުނިޔޭގައި އެންމެ ގިނައިން ވިކޭ ކާރުގެ މަގާމު ހޯދައިފައެވެ.
އެލަން މަސްކުގެ ޓެސްލާގެ ވިޔަފާރި މިދިޔަ އަހަރު ނުވަ އިންސައްތަ ދަށްވެފައިވާއިރު މިދިޔަ އަހަރު ޓޭސްލާގެ ވިކިފައިވަނީ 1.64 މިލިއަން ކާރު ކަމަށް ރިޕޯޓުތައް ބުނެއެވެ.
ނިމިދިޔަ އަހަރު ޗައިނާގެ ބީވައިޑީގެ ވިޔަފާރި ބޮޑުތަނުން ކުރިއަރާފައިވާއިރު ބީވައިޑީގެ ވިޔަފާރި ވަނީ 28 އިންސައްތަ ކުރިއެރުމެއް ލިބިފައެވެ. އެގޮތުން މިދިޔަ އަހަރު އެކަނިވެސް ބީވައިޑީގެ 2.25 މިލިއަން ކާރު ވިއްކާފައިވާކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ރިޕޯޓުތަކުން ބުނާގޮތުން ޓެސްލާ ވައްޓާލައި ބީވައިޑީއިން ކުރިއެރުން ހޯދާފައި މިވަނީ އެލަން މަސްކުގެ ސިޔާސީ ހަޔާތާއި ޓެސްލާއިން ބީވައިޑީއާ ދެމެދު އޮތް ވާދަވެރިކަން ކުޑަވުމުން ކަމަށެވެ.
ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމުގައި ހުރި އެލަން މަސްކުގެ ޓެސްލާގެ ވިޔަފާރި ދަށްވުމާއެކު މިދިޔަ ނޮވެމްބަރު މަހު ޓެސްލާގެ ޝެއާހޯލްޑަރުން ވަނީ އެ ވިޔަފާރި ރަނގަޅު ކުރުމަށް ފިޔަވަޅު އެޅުމަށް އެލަން މަސްކަށް ހުއްދަވެސް ދީފައެވެ.
އެގޮތުން އެލަން މަސްކު ވަނީ ޓެސްލާއިން އުފައްދާ ރޮބޮޓްގެ މިލިއަނެއްހާ ރޮބޮޓް 10 އަހަރުތެރޭ ވިއްކުމަށް މަސައްކަތް ފަށާފައިފައެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު