ފިތުރު އީދާ ގުޅިގެން މިފްކޯ މަސްފިހާރަ ބަންދުވާނެ ކަމަށް މިފްކޯ އިން ބުނެފިއެވެ.

މިފްކޯ އިން ނެރުނު އިއުލާނެއްގައި ބުނީ ފިތުރު އީދު ދުވަހުން ފެށިގެން އަންނަ ބުރާސްފަތި ދުވަހާ ހަމައަށް މިފްކޯ މަސްފިހާރަ ބަންދުވާނެ ކަމަށެވެ.

އީދު ބަންދަށްފަހު ދެން މަސްފިހާރަ ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 8:30ގައި ކަމަށް މިފްކޯގެ އިއުލާނުގައި ބުންޏެވެ.

މާލެ ސަރަހައްދުގައި މިފްކޯގެ ހަތަރު މަސްފިހާރައެއް ހިންގައެވެ. އެއީ މާލޭގައި ދެ މަސްފިހާރަ އަދި ހުޅުމާލޭގައި ދެ މަސްފިހާރައެވެ.