ދިރާގުން ފިތުރު އީދުގެ މުނާސަބަތުގައި މިއަދު ހެނދުނު ކުރިއަށްގެންދިޔަ "ދިރާގު އީދު ސައި" އަދި ދިރާގު "އީދު ހަދިޔާ" އަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
"ދިރާގު ސައި" ގެ ނަމުގައި ބޭއްވި ހެނދުނުގެ ނާސްތާ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މާލޭ އާޓިފިޝަލް ބީޗް އަދި ހުޅުމާލެ ސިންތެޓިކް ޓްރެކްގައެވެ. ގިނަ އަދަދެއްގެ މީހުން ވަނީ މާލެ އަދި ހުޅުމާލެއިން މި އިވެންޓުގައި ބައިވެރިވެފައެވެ.
ދިރާގުން ބުނީ އޭގެ އިތުރުން އެހެން އަހަރުތަކާ ވެސް އެއްފަދައިން އެ ކުންފުނިން ވަނީ އީދު ނަމާދަށްފަހު ކުޑަ ކުދިންނަށް އީދު ހަދިޔާ ބަހާފައި ކަމަށާއި އެގޮތުން މާލެ އާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ ހަތް އަތޮޅެއްގައި ވެސް ދިރާގުން ވަނީ އެ ހަރަކާތް ކުރިއަށް ގެންގޮސްފައި ކަމަށެވެ. އެއީ، ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ލ. ގަން، ބ. އޭދަފުށި އަދި އދ. ދަނގެއްޗެވެ.
ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު ޖައިޝާން ހަމީދު ވިދާޅުވީ އެ ހަރަކާތްތަކުގައި އެހާ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެ، އީދުގެ ޖޯޝާއި ފޯރީގައި އެއް ތަނަކަށް އެއްވެ އީދު ފާހަގަކޮށް، އެ ހަރަކާތްތަކަށް އެހާ ބޮޑު ތަރުހީބެއް ލިބުމަކީ އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"މިފަދަ ހަރަކާތްތައް މެދުވެރިކޮށް އެއްބައިވަންތަކަން އާލާކޮށް، މުޖުތަމައުއަށް ހެޔޮ ބަދަލުތައް ގެނެސްދިނުމަކީ ދިރާގުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް." ޖައިޝާން ވިދާޅުވިއެވެ.
ދިރާގުން ދަނީ ތަފާތު ގިނަ އިޖުތިމާއީ ހަރަކާތްތައް އާންމުންނާ ހަމައަށް ގެނެސްދީ، މުޖުތަމައުގެ ތެރޭގައި އެކަކު އަނެކަކާ އޮތް ގުޅުން ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަލީ ރިފްޝާން
ދިރާގު
ދިރާގު
ދިރާގު
ދިރާގު