މިއަހަރުގެ ފިތުރު އީދު ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން "އީދު ހަވީރު" ނަމުގައި ބާއްވާ ކުޑަކުދިންގެ ހަވީރުގައި "އެމްޓީސީސީގެ އީދު ކޯޑި" ސްޓޯލް ބަހައްޓާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ "އެމްޓީސީސީ އީދު ކޯޑި" ސްޓޯލްއަކީ ދިވެހި ސަގާފީ ތީމަކަށް ފަރުމާކޮށްފައިވާ އެވޭލާ ޒަމާނުއްސުރެ ދިވެހިން އީދު ފާހަގަކުރުމުން އައި ބައެއް ކަންކަމުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ސްޓޯލެއް ކަމަށެވެ.
އެމްޓީސީސީގެ އެ ސްޓޯލް ހުންނާނީ އިއްޒުއްދީން ފާލަމާއި، އެމްއެމްއޭއާ ދެމެދު އޮންނަ ޖާގައިގައި ކަމަށާއި ސްޓޯލް ހުޅުވިފައި ހުންނާނީ ހަވީރު 4:00 އިން 6:00 އަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
"އެމްޓީސީސީ އީދު ކޯޑި" ސްޓޯލްގައި މައިގަނޑު ފަސް ހަރަކާތެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ. އެ ހަރަކާތްތަކުގެ ތެރޭގައި ކޯޑި، ބޮޑުމަސް، ބޮޑުބެރު، ކުޑަކުދިންނަށް ފަނުން ކުޅޭ އެއްޗެހި ވިޔަން ދަސްކޮށްދިނުމުގެ އިތުރުން ޖުމްހޫރީ ފައުންޓެއިން ކައިރީ ކުޑަކުދިންނަށް އަރައި ފޭބޭ ކަހަލަ ވޯޓާ ސްލައިޑެއް ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
ވޯޓާ ސްލައިޑަށް ދާ މީހުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، ދެ ޖިންސަށް ވަކިން ބޭނުންކުރެވޭ ގޮތަށް ޗޭންޖިން ރޫމެއް ގާއިމުކޮށްފައިވާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން ބުނީ އެ ކުންފުނީގެ ހުރިހާ ހަރަކާތްތެއްގައިވެސް ހަރަކާތްތެރިވާނީ އެ ކުންފުނީގެ މުވައްޒަފުން ކަމަށެވެ.
މުހައްމަދު އިޝާން
ފިތުރު އީދު
ފިތުރު އީދު
ފިތުރު އީދު
ފިތުރު އީދު