ފިތު އީދު ދުވަހާ ގުޅިގެން މިއަދު ހަވީރު 4:00 އިން ހަވީރު 6:00 އަށް ގްރޭޓާ މާލެ ސަރަހައްދުގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާ ވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ރޭ ކުރި އިއުލާނެއްގައި ބުނީ ފިތުރު އީދު ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 11:30 އާ ދެމެދު ގްރޭޓާ މާލެ ސަރަހައްދުގައި ބަރު އުޅަނދު ދުއްވުމަކީ ވެސް މަނާކަމެއް ކަމަށެވެ.

އެ ވަގުތުތަކުގައި، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ދުއްވޭނީ، ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދު، އެމްބިއުލާންސް، ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަކޮށްފައިވާ އުޅަނދު، ބަސް އަދި ފުރާމީހުން ބޭނުން ކުރުމަށް ހުއްދަދޭ އުޅަނދުތަކުގެ އިތުރުން ފިތުރު އީދުގެ އެ ގަޑިތަކުގައި ދުއްވުމުގެ ހުއްދަދޭ އެހެން އުޅަނދުތައް ކަމަށެވެ.

މަނާ ގަޑިތަކުގައި އުޅަނދު ދުއްވާ މީހުންނާ މެދު އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓުން ބުންޏެވެ.