މިއަދަކީ މި އަހަރުގެ ރޯދަ މަހުގެ 29 ވަނަ ދުވަހެވެ. ބާޒާރުގައި މިއަދުވެސް ގިނަ ބާވަތްތައް ލިބެން ހުރި އިރު، އިއްޔެއާ އަޅައި ބަލާއިރު އަގުތައް ހުރީ ދާދި އެއްވަރެއްގައެވެ. ބާޒާރުގައި މިއަދު ވަނީ ފަތްޕިލާވެލީގެ ބާވަތްތަކުގެ އަގުތައް ދަށްވެފައެވެ.

ފަނިގިރާ ބާވަތްތަކުގެ އަގުތައް:

  • ކަރާ: 30 ރުފިޔާއަށް ކިލޯއެއް
  • ރޮކް މެލަން: 50 ރުފިޔާއަށް ކިލޯއެއް
  • ސްވީޓް މެލަން: 40 ރުފިޔާއަށް ކިލޯއެއް
  • އިޖިޕްޓް ފޭރު: 80 ރުފިޔާއަށް ކިލޯއެއް
  • ދިވެހި ފޭރު: 80-100 ރުފިޔާއަށް ކިލޯއެއް
  • ކުރުނބައެއް 20-40 ރުފިޔާއަށް (ފުޅިއެއް 100-110) ރުފިޔާއަށް
  • ފެޝަން ފުރުޓް: 90 ރުފިޔާއަށް ކިލޯއެއް
  • ދޮންކެޔޮ: 60 ރުފިޔާއަށް ކިލޯއެއް
  • ފުސްކެޔޮ: 50 ރުފިޔާއަށް ކިލޯއެއް
  • ފަޅޯ: 30-45 ރުފިޔާއަށް ކިލޯއެއް
  • ކަށިކެޔޮ (ރަތް): 10-15 ރުފިޔާއަށް ވަކެއް
  • ރޯ ކަދުރު: 80-150 ރުފިޔާއަށް ކިލޯއެއް
  • އޮރެންޖެއް: ފަސް ރުފިޔާއަށް (ކޭހެއް 370-400 ރުފިޔާއަށް)
  • އާފަލެއް: ފަސް ރުފިޔާއަށް (ކޭހެއް 750 ރުފިޔާއަށް)
  • މެންޑްރިން: 60 ރުފިޔާއަށް ކިލޯއެއް
  • މޭބިސްކަދުރު: 25 ރުފިޔާއަށް 100 ގްރާމް
  • އަނބު: 80-100 ރުފިޔާއަށް ކިލޯއެއް (ރާއްޖެ އަނބު)
  • ބޭރު އަނބު: 50 ރުފިޔާއަށް ކިލޯއެއް (ކޭހެއް 750 ރުފިޔާއަށް)
  • އަންނާރު: 55 ރުފިޔާއަށް ކިލޯއެއް.

ތަރުކާރީގެ އަގުތައް:

  • އަލުވި: 12-14 ރުފިޔާއަށް ކިލޯއެއް (25 ކިލޯގެ ބަސްތާއެއް 330 ރުފިޔާއަށް)
  • ކިއުކަމްބާ: 45 ރުފިޔާއަށް ކިލޯއެއް (640 އަށް ބަސްތާއެއް)
  • ބަށި: 50 ރުފިޔާއަށް ކިލޯއެއް
  • ޓޮމާޓޯ: 20-25 ރުފިޔާއަށް ކިލޯއެއް
  • ބަޓާނާ: 55 ރުފިޔާއަށް ކިލޯއެއް
  • ލެޓިއުސް: 70 ރުފިޔާއަށް ކިލޯއެއް
  • ކައްޓަލަ: 70 ރުފިޔާއަށް ކިލޯއެއް
  • ތޮޅިމިރުސް: 100 ރުފިޔާއަށް ކިލޯއެއް
  • ގިތެޔޮމިރުސް: 50-80 ރުފިޔާއަށް ކިލޯއެއް
  • ލުނބޯ: 35 ރުފިޔާއަށް ކިލޯއެއް (8 ކިލޯގެ ކޭހެއް 280 ރުފިޔާއަށް)
  • ކެޕްސިކަމް: 60 ރުފިޔާއަށް ކިލޯއެއް
  • ކެރެޓު: 35 ރުފިޔާއަށް ކިލޯއެއް (8 ކިލޯގެ ކޭހެއް 350 ރުފިޔާއަށް)
  • ބަރަބޯ: 35 ރުފިޔާ އަށް ކިލޯއެއް
  • ބެލްޕެޕާ: 65 ރުފިޔާ އަށް ކިލޯއެއް
  • ބީންސް: 45 ރުފިޔާ އަށް ކިލޯއެއް
  • ލޭޑީސް ފިންގާ: 55 ރުފިޔާއަށް ކިލޯއެއް
  • ކޯނީ ފްލަވާ: 75 ރުފިޔާއަށް ކިލޯއެއްއި
  • އިނގުރު: 60 ރުފިޔާއަށް ކިލޯއެެއް (650 ރުފިޔާއަށް ބަސްތާއެއް)
  • ލޮނުމެދު: 70-120 ރުފިޔާއަށް ކިލޯއެއް
  • މުރަނގަ ތޮޅި: 120 ރުފިޔާއަށް ކިލޯއެއް
  • ފާގަ: 45 ރުފިޔާއަށް ކިލޯއެއް
  • ބިސް: ވަކިން ބިހެއް 2 ރުފިޔާއަށް (360 ރުފިޔާއަށް ކޭހެއް)
  • ފިޔާ: ކިލޯއެއް 8-14 ރުފިޔާއަށް (200-350 ރުފިޔާއަށް ބަސްތާއެއް)

ފަތްޕިލާވެއްޔާއި ކާށީގެ އަގުތައް:

  • ކަންކުން: 10 ރުފިޔާއަށް ބޮނޑިއެއް
  • ކުއްޅަފިލާފަތް: 15 ރުފިޔާއަށް ދެ ބޮނޑި
  • ހިކަނދިފަތް: 10 ރުފިޔާއަށް ބޮނޑިއެއް
  • ކޮޕީ ފަތް: 10 ރުފިޔާއަށް ބޮނޑިއެއް
  • ރާނބާފަތެއް: 5 ރުފިޔާއަށް ފަތެއް
  • ކާއްޓެއް: 10-20 ރުފިޔާއަށް
  • ގަބުޅިއެއް: 20-30 ރުފިޔާއަށް

އެސްޓީއޯގެ އަގުތައް:

  • ފިޔާ: ބަސްތާއެއް 335 ރުފިޔާ، ވަކިން ކިލޯއެއް 14 ރުފިޔާ
  • ބިސް: ކޭހެއް 350 ރުފިޔާއަށް، ވަކިން 2 ރުފިޔާ
  • އަލުވި: ބަސްތާއެއް 515 ރުފިޔާއަށް، ކިލޯއެއް 25 ރުފިޔާއަށް (25 ކިލޯ)
  • ލުނބޯ ކޭހެއް: 145 ރުފިޔާއަށް ކޭހެއް
  • ކާށި: 20 ރުފިޔާއަށް ކިލޯއެއް
  • ލޮނުމެދު 45 ރުފިޔާއަށް ކިލޯއެއް.

މަހުގެ އަގުތައް:

  • ކަނޑުމަސް: 35 ރުފިޔާއަށް ކިލޯއެއް
  • ކަންނެލި: 35 ރުފިޔާއަށް ކިލޯއެއް
  • މާނިޔަ މަސް: 55 ރުފިޔާއަށް މަހެއް
  • ހަންޖެއް: 200-250 ރުފިޔާއަށް
  • މުށިމަސް: 20 ރުފިޔާއަށް
  • ހަތަރު ދޮންމަސް: 20-30 ރުފިޔާއަށް
  • ހަތަރު ރިތް މަސް: 35 ރުފިޔާއަށް ހަތަރު މަސް
  • މެދު ސައިޒުގެ ރަތް މަހެއް: 60 ރުފިޔާއަށްރަ
  • ރަތް މަސް ކިލޯއެއް 120-150 ރުފިޔާއަށް
  • މެދު ސައިޒުގެ ފިލޮޅެއް: 40 ރުފިޔާއަށް
  • މެދު ސައިޒުގެ ފާނައެއް: 50-80 ރުފިޔާއަށް
  • މެދު ސައިޒުގެ ތޮޅިއެއް 55 ރުފިޔާއަށް