މިސްރުގެ ސަބްމެރިންއެއް ފެތި، ރަޝިއާގެ ހަ ފަތުރުވެރިޔަކު މަރުވެއްޖެއެވެ.
މިސްރުގެ އޮފިޝަލުން ބުނީ އެ ހާދިސާ ހިނގި ވަގުތު އެ ސަބްމެރިންގައި 45 ފަސިންޖަރުން ދަތުރުކުރި ކަމަށާއި ހަ މީހުން ފިޔަވައި އެންމެން ސަލާމަތްވެފައިވާ ކަމަށެވެ.
އިއްޔެ ހިނގި އެ ހާދިސާގައި އެ ސަބްމެރިން ފެތިފައިވަނީ މިސްރުގެ ހޫގަހާޑާގެ އައްސޭރިފަށާ އެއް ކިލޯމީޓަރު ދުރުން ކަމަށް އޮފިޝަލުން ބުނެއެވެ.
އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި ފަތުރުވެރިން ގޮވައިގެން ފަރުތައް ބެލުމަށް ދަތުރުކުރާ އެ ސަބްމެރިން ފެތުނު ހާދިސާގައި ސަލާމަތްވީ މީހުންގެ ތެރެއިން ހަތަރު ފަތުރުވެރިއެއްގެ ހާލު ސީރިއަސްއެވެ. އެމީހުންނަށް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ތަހުގީގު ފަށާފައިވާ އިރު، އެ ސަބްމެރިން އޮޕަރޭޓު ކޮށްފައިވަނީ ހުރިހާ ހުއްދަތަކެއް ފުރިހަމަކޮށްގެން ކަމަށް އޮފިޝަލުން ފާހަގަކޮށްފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ