ކ. މާފުށި ބަނދަރުގެ އެއްގަމު ވާޓަރުގެ މަސައްކަތް ނިންމާލައިފިއެވެ.
އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން އިއްޔެ ބުނީ މާފުށި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ 55.3 ޕަސެންޓު މަސައްކަތް ނިންމައިފައިވާ ކަމަށާއި މިހާރު ކުރިއަށްގެންދަނީ ބަނދަރު ފުން ކުރުމުގެ މަސައްކަތް ކަމަށެވެ.
ޕްލޭނިން މިނިސްޓްރީން، މާފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 2023 ޖެނުއަރީ 23 ގައެވެ. އެ މަޝްރޫގެ އަގަކީ 82،599،660.39 މިލިޔަން ރުފިޔާއެވެ.
- 63,711 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުން
- 4,414 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުން
- 31 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން
- 680 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުން
- 700 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުން
- 374 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުން
- 160 މީޓަރު ދިގު ދެ މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުން
- 19 މީޓަރު ދިގު ތިން މީޓަރު ފުޅާ ބްރިޖެއް ހެދުން
- 1,869 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމަންޓް ހެދުން
- ބަނދަރު ބައްތި ހަރުކުރުން
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު