ތުރުކީގެ މައި އިދިކޮޅު ޕާޓީ، ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ)ގެ އެއް ލީޑަރު އަދި އިސްތަންބުލްގެ މޭޔަރުގެ މަގާމުގައި ހުންނެވި އެކްރެމް އިމަމޮގުލޫ ހައްޔަރުކުރުމާއި ގުޅިގެން ތުރުކީގައި ކުރަމުންދާ މުޒާހަރާތަކުގައި 343 މީހުން ހައްޔަރުކޮށްފިއެވެ.
ތުރުކީގެ ސަރުކާރާ ދެކޮޅަށް 300،000 އަށްވުރެ ގިނަ މީހުން އިސްތަންބުލްގެ މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުންދާއިރު ތުރުކީ ފުލުހުންނާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން ހައްޔަރުކުރި 343 މީހުންނަކީ މިދިޔަ ހަފުތާ ބަންދުގައި ހައްޔަރުކުރި މީހުންނެވެ.
މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް އިސްތަންބުލްއާ ގުޅޭ ދެ ބުރިޖެއް ބަންދުކޮށްފައިވާއިރު އެކި ސަރަހައްދުތަކުގައި ވަނީ ފުލުހުންގެ ޗެކްޕޮއިންޓުތައް ޖަހައިފައެވެ.
އިމަމޮގްލޫ ހައްޔަރުކުރީ ކޮރަޕްޝަނާއި ޓެރަރިސްޓް ގްރޫޕްތަކާ ގުޅުން ހުރި ކަމަށް ތުހުމަތުކުރެވޭ 100 އެއްހާ ސިޔާސީ މީހުންނާއި ވިޔަފާރިވެރިންނާއި މުނިސިޕަލް އޮފިޝަލުން ހައްޔަރުކުރުމަށް ހިންގި ރެއިޑެއްގައެވެ. ތުރުކީ ސަރުކާރުން ތުހުމަތުކުރާ ގޮތުގައި އިމަމޮގުލޫ އަކީ ކޮރަޕްޓް އަދި ޓެރަރިސްޓް ޖަމާއަތްތަކަށް އެހީތެރިވާ ކުށްކުރާ ޖަމާއަތެއްގެ ލީޑަރެކެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ