މާލޭގެ ކާނިވާ ސަރަހައްދުގައި ހަދާ އާ ސްޓޭޖުގެ ކުރެހުން ދައްކާލައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ އާ ސްޓޭޖުގެ މަސައްކަތް މިދިޔަ ހުކުރު ދުވަހު ޔޫއެޗް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ ކަމަށެވެ.
ޔޫއެޗް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ ޖުމުލަ 140 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 4,847,000 (4.8 މިލިއަން) ރުފިޔާއަށް ކަމަށް ކައުންސިލުން ބުންޏެވެ.
ސިޓީ ކައުންސިލުން މިއަދު ވަނީ މިހާރު ހުރި ސްޓޭޖު ތަޅާލުމަށްފަހު ކާނިވާ ސަރަހައްދުގައި އަލަށް ހަދާ ސްޓޭޖުގެ ކުރެހުން ވެސް ދައްކާލައިފައެވެ.
އާ ސްޓޭޖުގެ ކުރެހުމުގެ ފޮޓޯއަކާއެކު މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ޒަމާންތަކެއް ވަންދެން ހަލާކުވެ ވީރާނާވެފައިވާ އެ ސްޓޭޖު ދެން ފެނިގެންދާނީ އެންމެ ޒަމާނީ ފެންވަރުގެ ތަނެއްގެ ގޮތުގައި ކަމަށެވެ.
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް