ތައިލެންޑުގެ ބޯޓެއްގައި ރޯވެ ފަތުރުވެރިޔަކު ގެއްލިއްޖެއެވެ.
ތައިލެންޑުގެ ކޮންޓާއޯ އައިލެންޑުގެ އައްސޭރިފަށާ ކައިރީގައި ހިނގި އެ ހާދިސާގައި ރޯވި ބޯޓު ވަނީ އަޑިޔަށް ގޮސްފައި ކަމަށް އޮފިޝަލުން ބުނެއެވެ.
މި ހާދިސާގައި ރޯވެފައިވަނީ އެ ބޯޓުގެ އިންޖީނުގައި ކަމަށާއި ބޯޓުގައި އެވަގުތު ތިބި މީހުންގެ ތެރެއިން އިނގިރޭސިވިލާތަށް ނިސްބަތްވާ 26 އަހަރުގެ އަންހެނަކު ގެއްލިފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
އޮފިޝަލުން ވަނީ މިހާތަނަށް ހޯދިފައިވާ މައުލޫމާތުން އެ ބޯޓުގައި ރޯވެފައިވަނީ އިންޖީނު ނުނިއްވައި ތެޔޮ އަޅަނިކޮށް ފުރި ބަންޑުންވެގެން ކަމަށް ބުނެފައެވެ. އެހެންކަމުން އެބޯޓުގެ ކެޕްޓަނާއި ފަޅުވެރީން ހައްޔަރުކޮށްފައިވާކަމަށްވެސް އޮފިޝަލުން ބުނެއެވެ.
ގެއްލުނު މީހާ ހޯދުމަށް އޮޕަރޭޝަން ފަށާފައިވާއިރު އެ މަސައްކަތުގައި އެސަރަހައްދުގެ ޑައިވިން ޓީމުތައް ވެސް ހަރަކާތްތެރިވާކަމަށް އޮފިޝަލުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ