މިއަދަކީ މި އަހަރުގެ ރޯދަ މަހުގެ 17 ވަނަ ދުވަހެވެ. ބާޒާރުގައި މިއަދު ވެސް ގިނަ ބާވަތްތައް ލިބެން ހުރި އިރު، އިއްޔެއާ އަޅައި ބަލާއިރު ހުރީ ދާދި އެއްވަރެއްގައެވެ. ނަމަވެސް އިއްޔެއާ އަޅައި ބަލާއިރު ކާށީގެ އަގު ވަނީ ވަރަށް ބޮޑަށް ހެޔޮވެފައެވެ.

ރޯދަ މަސް ފެށުނު އިރު، ބާޒާރުގައި ކާށި ހުރީ ވެސް މަދުންނެވެ. އެއާއެކު އަގުތައް އިންތިހާއަށް އުފުލިގެން ދިޔައެވެ. ކާއްްޓެއްގެ އަގު 65 ރުފިޔާއަށް ވެސް އެރިއެވެ. ނަމަވެސް ރޯދަ ދެބައި ވީއިރު، ކާށީގެ އަގު މިވަނީ ވެއްޓިފައެވެ. ކާއްޓެއް މިއަދު ލިބެން ހުރީ 10-20 ރުފިޔާއަށެވެ. ފަސް ކާށި ބައެއް ތަންތަނުން 60-80 ރުފިޔާއަށް ލިބެން އެބަހުއްޓެވެ.

  • ކަރާ: 25 ރުފިޔާއަށް ކިލޯއެއް
  • ރޮކް މެލަން: 60 ރުފިޔާއަށް ކިލޯއެއް
  • ސްވީޓް މެލަން: 40 ރުފިޔާއަށް ކިލޯއެއް
  • އިޖިޕްޓް ފޭރު: 100 ރުފިޔާއަށް ކިލޯއެއް
  • ދިވެހި ފޭރު: 80-100 ރުފިޔާއަށް ކިލޯއެއް
  • ކުރުނބަލެއް: 20-40 ރުފިޔާއަށް (ފުޅިއެއް 110) ރުފިޔާއަށް
  • ފެޝަން ފުރުޓް: 100-120 ރުފިޔާއަށް ކިލޯއެއް
  • ދޮންކެޔޮ: 50 ރުފިޔާއަށް ކިލޯއެއް
  • ފުސްކެޔޮ: 55 ރުފިޔާއަށް ކިލޯއެއް
  • ފަޅޯ: 30-45 ރުފިޔާއަށް ކިލޯއެއް
  • ކަށިކެޔޮ (ރަތް): 10-15 ރުފިޔާއަށް ވަކެއް
  • ރޯ ކަދުރު: 80-150 ރުފިޔާއަށް ކިލޯއެއް
  • އޮރެންޖެއް: ފަސް ރުފިޔާއަށް (ކޭހެއް 370-400 ރުފިޔާއަށް)
  • އާފަލެއް: ފަސް ރުފިޔާއަށް (ކޭހެއް 750 ރުފިޔާއަށް)
  • މެންޑްރިން: 65 ރުފިޔާއަށް ކިލޯއެއް
  • މޭބިސްކަދުރު: 25 ރުފިޔާއަށް 100 ގްރާމް
  • އަނބު: 80-100 ރުފިޔާއަށް ކިލޯއެއް (ރާއްޖެ އަނބު)
  • ބޭރު އަނބު: 55 ރުފިޔާއަށް ކިލޯއެއް (ކޭހެއް 750 ރުފިޔާއަށް)
  • އަންނާރު: 65-80 ރުފިޔާއަށް ކިލޯއެއް.
  • އަލުވި: 14 ރުފިޔާއަށް ކިލޯއެއް (25 ކިލޯގެ ބަސްތާއެއް 330 ރުފިޔާއަށް)
  • ކިއުކަމްބާ: 50 ރުފިޔާއަށް ކިލޯއެއް (640 އަށް ބަސްތާއެއް)
  • ބަށި: 50-55 ރުފިޔާއަށް ކިލޯއެއް
  • ޓޮމާޓޯ: 20-25 ރުފިޔާއަށް ކިލޯއެއް
  • ބަޓާނާ: 50 ރުފިޔާއަށް ކިލޯއެއް
  • ލެޓިއުސް: 90 ރުފިޔާއަށް ކިލޯއެއް
  • ކައްޓަލަ: 60-80 ރުފިޔާއަށް ކިލޯއެއް
  • ތޮޅިމިރުސް: 100-200 ރުފިޔާއަށް ކިލޯއެއް
  • ގިތެޔޮމިރުސް: 150-200 ރުފިޔާއަށް ކިލޯއެއް
  • ލުނބޯ: 35-40 ރުފިޔާއަށް ކިލޯއެއް (8 ކިލޯގެ ކޭހެއް 280 ރުފިޔާއަށް)
  • ކެޕްސިކަމް: 65 ރުފިޔާއަށް ކިލޯއެއް
  • ކެރެޓު: 35 ރުފިޔާއަށް ކިލޯއެއް (8 ކިލޯގެ ކޭހެއް 350 ރުފިޔާއަށް)
  • ބަރަބޯ: 35 ރުފިޔާ އަށް ކިލޯއެއް
  • ބެލްޕެޕާ: 65 ރުފިޔާ އަށް ކިލޯއެއް
  • ބީންސް: 45 ރުފިޔާ އަށް ކިލޯއެއް
  • ލޭޑީސް ފިންގާ: 55 ރުފިޔާއަށް ކިލޯއެއް
  • ކޯނީ ފްލަވާ: 75 ރުފިޔާއަށް ކިލޯއެއް
  • އިނގުރު: 60 ރުފިޔާއަށް ކިލޯއެެއް (650 ރުފިޔާއަށް ބަސްތާއެއް)
  • ލޮނުމެދު: 100-120 ރުފިޔާއަށް ކިލޯއެއް، (2200 ރުފިޔާއަށް 20 ކިލޯގެ ބަސްތާއެއް)
  • މުރަނގަ ތޮޅި: 130 ރުފިޔާއަށް ކިލޯއެއް
  • ފާގަ: 50 ރުފިޔާއަށް ކިލޯއެއް
  • ބިސް: ވަކިން ބިހެއް 2 ރުފިޔާއަށް (360 ރުފިޔާއަށް ކޭހެއް)
  • ފިޔާ: ކިލޯއެއް 12-15 ރުފިޔާއަށް (225-360 ރުފިޔާއަށް ބަސްތާއެއް).
  • ކަންކުން: 10 ރުފިޔާއަށް ބޮނޑިއެއް
  • ކުއްޅަފިލާފަތް: 15 ރުފިޔާއަށް ދެ ބޮނޑި
  • ހިކަނދިފަތް: 10 ރުފިޔާއަށް ބޮނޑިއެއް
  • ކޮޕީ ފަތް: 10 ރުފިޔާއަށް ބޮނޑިއެއް
  • ރާނބާފަތެއް: 5 ރުފިޔާއަށް ފަތެއް
  • ކާއްޓެއް: 10-20 ރުފިޔާއަށް
  • ގަބުޅިއެއް: 20-30 ރުފިޔާއަށް.
  • ފިޔާ: ބަސްތާއެއް 335 ރުފިޔާ، ވަކިން ކިލޯއެއް 14 ރުފިޔާ
  • ބިސް: ކޭހެއް 350 ރުފިޔާއަށް، ވަކިން 2 ރުފިޔާ
  • އަލުވި: ބަސްތާއެއް 515 ރުފިޔާއަށް، ކިލޯއެއް 25 ރުފިޔާއަށް (25 ކިލޯ)
  • ލުނބޯ ކޭހެއް: 145 ރުފިޔާއަށް ކޭހެއް
  • ކާށި: 20 ރުފިޔާއަށް ކިލޯއެއް
  • ލޮނުމެދު 45 ރުފިޔާއަށް ކިލޯއެއް.
  • ކަނޑުމަސް: 35 ރުފިޔާއަށް ކިލޯއެއް
  • ކަންނެލި: 30-35 ރުފިޔާއަށް ކިލޯއެއް
  • މާނިޔަ މަސް: 60 ރުފިޔާއަށް މަހެއް
  • ހަންޖެއް: 200-250 ރުފިޔާއަށް
  • މުށިމަސް: 20 ރުފިޔާއަށް ހަތަރު މަސް
  • ދޮންމަސް: 20-30 ރުފިޔާއަށް ހަތަރު މަސް
  • ރިތް މަސް: 35 ރުފިޔާއަށް ހަތަރު މަސް
  • މެދު ސައިޒުގެ ރަތް މަހެއް: 65 ރުފިޔާއަށް
  • ރަތް މަސް ކިލޯއެއް 140 ރުފިޔާއަށް
  • މެދު ސައިޒުގެ ފިލޮޅެއް: 70-90 ރުފިޔާއަށް
  • މެދު ސައިޒުގެ ފާނައެއް: 50-80 ރުފިޔާއަށް
  • މެދު ސައިޒުގެ ތޮޅިއެއް 70 ރުފިޔާއަށް.