އަައިފާ އެވޯޑްސްގެ ރިހި ޖުބިލީ ފާހަގަކުރީ މިދިޔަ ހަފުތާގެ ބަންދުގައި ޖައިޕޫރުގަ އެވެ. މި ފާހަގަކުރުން ފެށުނީ ހޮނިހިރު ދުވަހު (މާޗް 8) އޯޓީޓީ ސިނަމާ އަދި ސީރީސްތަކުގެ ދާއިރާއިން އެންމެ މޮޅު ހުނަރުވެރިން ފާހަގަކުރުމާއެކުގައެވެ. ފިލްމުތަކުގެ އެންމެ މޮޅު އެވޯޑްތައް ދިނީ މިދިޔަ އާދިއްތަދުވަހުގެ ރޭގައެވެ.
ކިރަން ރާއޯގެ އިޖުތިމާއީ ޑްރާމާ "ލާޕަތާ ލޭޑީސް" އަކީ 10 ޓްރޮފީއާއެކު އެންމެ ބޮޑު ކާމިޔާބު ހޯދި ފިލްމެވެ. މި ފިލްމުން ހޯދި އެވޯޑްތަކުގެ ތެރޭގައި އެންމެ މޮޅު އެކްޓްރެސް، އެންމެ މޮޅު ފިލްމު، އެންމެ މޮޅު ސަޕޯޓިން އެކްޓަރު، އެންމެ މޮޅު ޑައިރެކްޝަން އަދި އެހެނިހެން އެވޯޑްތައް ހިމެނެއެވެ.
ކާރްތިކް އާރިޔަން "ބޫލް ބުލައްޔާ 3" ގައި އަދާކުރި ރޯލަށް އެންމެ މޮޅު އެކްޓަރުގެ ޓްރޮފީ ލިބުނެވެ. ރާގަވް ޖުޔަލް "ކިލް" އަށް އެންމެ މޮޅު ނުބައިބައި ރޯލު އަދާކުރި ފަރާތުގެ އެވޯޑު ލިބުނެވެ.
މި އަހަރުގެ ރަސްމިއްޔާތުގައި އައިކޮނިކް ފިލްމު "ޝޯލޭ" ގެ 50 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ފާހަގަކުރުމެއް ހިމެނުނެވެ. ޝާހުރުކް ޚާން އަދި މަދޫރީ ޑިކްޝިް ވަނީ އެ ދެ ފަންނާނުންގެ ހިތްގައިމު ޕަރފޯމަންސަކުން ސްޓޭޖު އަލިގަދަކޮށްލިއެވެ. ކަރީނާ ކަޕޫރު ޚާން ވަނީ އޭނާގެ ކާފަ، މަޝްހޫރު ފިލްމު ޕްރޮޑިއުސަރު، ރާޖް ކަޕޫރު ސިނަމާގެ ދާއިރާގައި ހޭދަކުރި 100 އަހަރު ފާހަގަކުރުމުގެ ގޮތުން ހާއްސަ ޕާފޯމަންސެއް ދީފައެވެ.
- ބެސްޓް އެކްޓަރު - ކާރްތިކް އާރްޔަން (ބޫލް ބުލައްޔާ 3)
- ބެސްޓް އެކްޓްރެސް (އަންހެން) - ނިތާންޝީ ގޯއެލް (ލާޕަތާ ލޭޑީސް)
- އެންމެ ރަނގަޅު ޑައިރެކްޝަން - ކިރަން ރާއޯ (ލާޕަތާ ލޭޑީސް)
- ނުބައިބައި އެންމެ ރަނގަޅު ޕަރފޯމަންސް - ރާގަވް ޖުޔާލް (ކިލް)
- ބެސްޓް އެކްޓްރެސް ސަޕޯޓިން ރޯލު - ޖަންކީ ބޯދިވާލާ (ޝައިތާން)
- ބެސްޓް އެކްޓަރު ސަޕޯޓިން ރޯލު - ރަވި ކިޝަން (ލާޕަތާ ލޭޑީސް)
- މަގުބޫލު ކެޓަގަރީގައި އެންމެ ރަނގަޅު ވާހަކަ (އޮރިޖިނަލް) - ބިޕްލަބް ގޯސްވާމީ (ލާޕަތާ ލޭޑީސް)
- އެންމެ ރަނގަޅު ވާހަކަ (އެޑަޕްޓެޑް) - ސްރީރާމް ރާގަވާން، އަރިޖިތް ބިސްވާސް، ޕޫޖާ ލާދާ ސުރްތީ، އަދި އަނުކްރިތީ ޕާންޑޭ (މެރީ ކްރިސްމަސް)
- އެންމެ ރަނގަޅު ޑައިރެކްޓޯރިއަލް ޑެބިއު - ކުނާލް ކެމޫ (މަޑްގާއޯން އެކްސްޕްރެސް)
- އެންމެ ރަނގަޅު ޑެބިއު (ފިރިހެން) - ލަކްޝްޔާ ލާލްވާނީ (ކިލް)
- އެންމެ ރަނގަޅު ޑެބިއު (އަންހެން) - ޕްރަތިބާ ރަންތާ (ލާޕަތާ ލޭޑީސް)
- އެންމެ ރަނގަޅު މިއުޒިކް ޑައިރެކްޓަރު - ރާމް ސަމްޕަތް (ލާޕަތާ ލޭޑީސް)
- އެންމެ ރަނގަޅު ލިރިކްސް - ޕްރަޝާންތް ޕާންޑޭ (ސަޖްނީ - ލާޕަތާ ލޭޑީސް އިން)
- އެންމެ ރަނގަޅު ލަވަކިޔުންތެރިޔާ (ފިރިހެން) - ޖުބިން ނައުތިޔާލް (ދުއާ - އާޓިކަލް 370 އިން)
- އެންމެ ރަނގަޅު ލަވަކިޔުންތެރިޔާ (އަންހެން) - ޝްރެޔާ ގޯޝާލް (އަމީ ޖޭ ތޯމާރް 3.0 - ބޫލް ބުލައްޔާ 3 އިން)
- އެންމެ ރަނގަޅު ސައުންޑް ޑިޒައިން - ސުބާޝް ސަހޫ، ބޮލޯއި ކުމާރް ދޮލޯއި، ރާހުލް ކާރްޕޭ (ކިލް)
- އެންމެ ރަނގަޅު ސްކްރީންޕްލޭ - ސްނޭހާ ދޭސާއީ (ލާޕަތާ ލޭޑީސް)
- އެންމެ ރަނގަޅު ޑައިލޮގް - އަރްޖުން ދަވާން، އާދިތްޔަ ދާރް، އާދިތްޔަ ސުހާސް ޖަމްބާލޭ، މޯނަލް ތާކަރް (އާޓިކަލް 370)
- އެންމެ ރަނގަޅު އެޑިޓިންގް - ޖަބީން މަރޗަންޓް (ލާޕަތާ ލޭޑީސް)
- އެންމެ ރަނގަޅު ސިނެމެޓޮގްރަފީ - ރަފޭ މަހްމޫދް (ކިލް)
- އެންމެ ރަނގަޅު ކޮރިއޮގްރަފީ - ބޮސްކޯ-ސީޒަރ (ތައުބާ ތައުބާ - ބެޑް ނިއުޒް އިން)
- އެންމެ ރަނގަޅު ސްޕެޝަލް އިފެކްޓްސް - ރެޑް ޗިލީސް ވީއެފްއެކްސް (ބޫލް ބުލައްޔާ 3)
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން