ދިވެހި ކުންފުންޏަކުން އުފެއްދި ސިނގިރޭޓުތައް ނައްތާލުމުގެ ހުއްދަ ދީ، އެކަން ކުރި ކުންފުނީގެ ވިޔަފާރި ރަޖިސްޓްރީ ބާތިލްކޮށްފިއެވެ.
ހ. ހުޅުގަލީގެ ރޭޑިއަސް ޕްރައިވެޓް ލިމިޓެޑުން ކުއްޔަށް ނަގާފައިވާ އެޕާޓްމަންޓެއްގައި ސިނގިރޭޓް އުފައްދާކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެ ތަން ރެއިޑްކޮށް 49،000 ސިނގިރޭޓް ފޮށި ހޯދައިފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ރޭޑިއަސްގެ ވިޔަފާރި ހުއްދަ އިކޮނޮމިކް މިނިސްޓްރީން ބާތިލްކޮށްފައިވާ ކަމަށާއި އަތުލައިގަތް ސިނގިރޭޓުތައް ނައްތާލުމުގެ ހުއްދަ ހެލްތު މިނިސްޓްރީން ދީފައިވާ ކަމަށެވެ. އެހެންކަމުން އެ މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށް ވިދާޅުވިއެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ރާއްޖެއަށް ދުންފަތުގެ ބާވަތްތައް އެތެރެކުރެވުނު ނަމަވެސް ރާއްޖޭގައި ދުންފަތް އުފެއްދުމަކީ މަނާ ކަމެކެވެ.
ސިނގިރޭޓުގެ ޑިއުޓީ ބޮޑު ކުރުމުން ބްލެކް މާކެޓުގައި ގަވައިދާ ހިލާފަށް ސިނގިރޭޓް ވިއްކާ ފަރާތްތައް ވަނީ ގިނަވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު