އާލިޔާ ބަޓް މަޝްހޫރުވެފައިވަނީ ހަމައެކަނި ބޮޑެތި ސްކްރީންތަކުގައި ދައްކާ ޕަރފޯމަންސްތަކަށް ނުވަތަ އޭނާގެ ފެޝަން ސެންސަށް އެކަންޏެއް ނޫނެވެ. އެތައް އެވޯޑްއް ލިބިފައިވާ މި އެކްޓަރަކީ ފިޓްނެސްއަށްވެސް ވަރަށް ޝައުގުވެރި ތަރިއެކެވެ. މިކަން ސާބިތުކޮށްދޭ އެތައް ވީޑިއޯއެއް އޮންލައިން ޗެނަލްތަކުގައި ފެންނާން ހުރެއެވެ.
ދާދި ފަހުން 32 އަހަރު ފުރުނު އާލިއާ އަކީ އަބަދުވެސް އޭނާގެ ސަޕޯޓަރުންނަށް ސިއްހަތާއި ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމަށް ހިތްވަރުދޭ މީހެކެވެ. 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު އޭނާއާއި ރަންބީރު ކަޕޫރުގެ ދަރިފުޅު ރާހާ ކަޕޫރު ވިހެއުމަށްފަހުވެސް، ވޯގް އިންޑިއާ އިންޓަވިއުއެއްގައި އެކްޓަރު ބުނެފައިވާ ގޮތުގައި ވަގުތުން ވަގުތަށް ބަރުދަން ލުއިކުރުމުގެ ވިސްނުމެއް އޭނާ ނުގެންގުޅެއެވެ.
ވޯގް އިންޑިއާއަށް ދިން އިންޓަވިއުއެއްގައި، އާލިއާ ވަނީ ވިހެއުމަށްފަހު ބަރުދަން ބޮޑުތަނުން ލުއިކުރުމަށް އެއްވެސް ޕްރޮސީޖަރެއް ހަދާފައި ނުވާނެކަމަށް ބުނެފައެވެ. އޭނާ ބުނީ ބަރުދަން ލުއިކުރުމަށް އަމިއްލަ ނަފުސަށް އެއްވެސް ޕްރެޝަރެއް ނުދޭކަމަށާއި ޑޮކްޓަރުން ލަފާދިނުމުން ކަސްރަތު ކުރަން ފެށިކަމަަށެވެ. ހަފުތާއަކު 6 ދުވަހު ކަސްރަތު ކުރާކަމަށާއި މިއީ އޭނާ ބަނޑުބޮޑުއިރުވެސް ކުރިކަމެއްކަށް އާލިއާ ބުންޏެވެ.
ވިޝުއަލް މީޑިއަމްގައި މަސައްކަތްކުރާ މީހުން ވިހެއުމަށްފަހު އަވަހަށް ހަށިގަނޑު ރީތިކުރުމަށް ނެޗުރަލް ނޫން ކަންތައްތައް ކުރާކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެހެންވެ އޭނާގެ ފިޓްނެސް ދަތުރުގެ ބައެއް ބައިތައް އިންސްޓަގްރާމްގައި ޑޮކިއުމެންޓް ކުރުމަކީ މުހިންމު ކަމެއްކަމަށް ގަބޫލުކުރާ ކަމަށް އާލިއާ ބުންޏެވެ.
ރާހާ އުފަންވުމަށްފަހު، 15 މިނެޓުގެ ހިނގުމުގެ ދަތުރުތަކާއި ނޭވާލުމުގެ ތަމްރީނުތައް ކުރިޔަށް ގެންދިޔަ ކަމަށް އާލިއާ ބުންޏެވެ. އެއީ މިކަންކަމުން އޭނާގެ ލޭ ދައުރުވުން ރަނގަޅުވާތީ ކަމަށް އާލިއާ ބުންޏެވެ.
އަލަށް މަންމައަކަށް ވާ އަންހެނުންނަށް އާލިއާގެ ނަސޭހަތަކީ ހަށިގަނޑަށް ފަރުވާކުޑަ ނުކުރުމެވެ. އެކަމަކު އަވަސްއަރުވައިގަނެގެން ހަށިގަނޑު ރީތި ކުރުމަށް އާޓިފިޝަލް ކަންކަން ނުކުރުމަކީ އޭނާގެ ނަސޭހަތެކެވެ. ވިހެއުމަށްފަހު، ހަށިގަނޑަށް ބޭނުންވާ ހަމަޖެހުން ދިނުމަށާއި ފިޓްނެސްގެ މަސައްކަތްތައް ފެށުމުގައި ސިއްހީ އެހީތެރީންނާއި ކަމުގެ މާހިރުންގެ އިރުޝާދާ އެކު އެކަން ކުރިޔަށް ގެންދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކޭ ކަމަށްވެސް އާލިއާ ބުނެފައިވެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން