ޕާކިސްތާނުގައި ހައިޖެކްކުރި ރޭލުން ރަހީނު ކުރި އެންމެން ސަލާމަތްކޮށްފިއެވެ.
ޕާކިސްތާނުގެ ވަކިވެގަނެފައިވާ ހަނގުރާމަމަތީ ގުރޫޕަކުން ހައިޖެކްކުރި އެ ގައުމުގެ ހުޅަނގު ދެކުނު ބޮލަޗިސްތާން ޕްރޮވިންސުގައި ފަސެންޖަރުން ގޮވައިގެން ދަތުރުކުރަމުން ދިޔަ ރޭލުގައި ދަތުރުކުރި 300 އަށްވުރެ ގިނަ ފަސެންޖަރުން ވަނީ ރަހީނުކޮށްފައެވެ.
އެހާދިސާ ހިނގުމާ އެކު ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން ވަނީ ބޮޑު އޮޕަރޭޝަނެއް ފަށައި އޭގެން ދަތުރު ކުރި ހުރިހާ ފަސިންޖަރުން ސަލާމަތް ކޮށްފައެވެ.
އެރޭލު ހައިޖެކް ކުރި ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތް ދަ ބަލޯޗް ލިބަރޭޝަން އާމީ ''ބީއެލްއޭ'' އާއި އެގައުމުގެ ސަލާމަތީ ބާރުތަކާ ދެމެދު ހަމަލާ ބަދަލުކުރުންތަކުގެ ތެރޭގައި ރޭލުން ދަތުރުކުރި 21 ފަސިންޖަރުންނާއި ހަތަރު ސިފައިން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޕާކިސްތާނުގެ މިލިޓަރީގެ ތަރުޖަމާނު ވަނީ އެހަމަލާތަކުގައި ހަނގުރާމަވެރި ޖަމާއަތް ދަ ބަލޯޗް ލިބަރޭޝަން އާމީ ''ބީއެލްއޭ''ގެ 33 ހަނގުރާމަވެރިން މަރާލި ކަމަށް ބުނެފައެވެ.
ޕާކިސްތާނުގެ ސިފައިން ވަނީ އެއޮޕަރޭޝަން ނިންމާލުމަށްފަހު އެސަރަހައްދުގައި އިތުރު ނުރައްކަލެއް އޮތްތޯ ބެލުމަށް ބަލައި ފާސްކުރުމުގެ އިތުރު އޮޕަރޭޝަނެއް ވެސް ކުރިޔަށް ގެންގޮސްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ