ތިންވަނަ ޗާލްސް ރަސްގެފާނަށް ތަފާތު ވައްތަރުތަކުގެ މިޔުޒިކް ކަމުދެއެވެ. އިއްޔެ، ކޮމަންވެލްތު ދުވަސް ފާހަގަކުރެއްވީ އާދަވެ ކަން ކުރައްވާ ފަދައިން، މެސެޖެއް ދެއްވައިގެންނެވެ. މި މުނާސަބަތު އިތުރަށް ފާހަގަކުރުމުގެ ގޮތުން، އެ މަނިކުފާނު އެޕަލް މިޔުޒިކްގައި އަމިއްލަ ޕްލޭލިސްޓެއް ޝާއިއުކުރެއްވިއެވެ.
މި މުނާސަބަތުގައި އެ މަނިކުފާނު ވިދާޅުވީ މުޅި ދިރިއުޅުއްވުމުގައި ވެސް، މިޔުޒިކަކީ ވަރަށް މުހިންމު އެއްޗެެއްކަމަށެވެ. މިޔުޒިކުން އެންމެ ފުން އުފާވެރި ވަގުތުތައް އަލުން ހަނދާނަށް ގެނެވިދާނެކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. ދިރިއުޅުމައި ބަލިކަށި ނުވަތަ ދެރަވާ ވަގުތުތައް އަންނައިރު މިޔުޒިކުން އަރާމާއި ހިތްހަމަޖެހުން ލިބިދޭ ކަމަށް ވިދާޅުވިއެވެ. ވަގުތީގޮތުން އެހެން ދުނިޔެއަކަށް ގެންދާކަމަށާއި ހުރިހާ ކަމެއްގެ މައްޗަށް، މިޔުޒިކުން ވަރަށް ބޮޑަށް މީހުންގެ ހިތްތައް އުފާވެރިކުރެވިދާނެ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެ މަނިކުފާނުގެ ޕްލޭލިސްޓުގައި ހިމެނެނީ ބޮބް މާލީ އެންޑް ދަ ވެއިލާސްގެ "ކުޑް ޔޫ ބީ ލަވްޑް"، ކައިލީ މިނޯގްގެ "ދަ ލޮކޯ-މޯޝަން"، އަދި ބެޔޮންސޭގެ "ކްރޭޒީ އިން ލަވް" (ޖޭ ޒެޑް އާއެކު) ފަދަ މަޝްހޫރު ލަވަތަކެވެ.
ލިސްޓުގައި އެފްރޯބީޓްސް އަދި އާރް އެންޑް ބީ ލަވަ "ކަންޓޭ"، ގާނާގެ ލަވަކިޔުންތެރިޔާ ޑެޑީ ލުމްބާގެ "މްޕެމްޕެމް ޑޫ މީ"، ނިއު ޒީލަންޑްގެ އޮޕެރާ ލަވަކިޔުންތެރިޔާ ޑޭމް ކިރީ ޓޭ ކަނަވާގެ "އީ ޓޭ އިވީ އީ"، އަދި އިތުރު މިޔުޒިކްތައްވެސް ހިމެނެއެވެ.
ރަސްގެފާނު އެ މަނިކުފާނުގެ ޕްލޭލިސްޓް އާންމުކުރެއްވީ އެޕަލް މިޔުޒިކް 1 ރޭޑިއޯގެ "ދަ ކިންގްސް މިޔުޒިކް ރޫމް" ކިޔާ ހާއްސަ ޕްރޮގްރާމެއްގައެވެ. މި ހާއްސަ ޕްރޮގްރާމް ފެށުނީ ބޮބް މާލީ އެންޑް ދަ ވެއިލާސްގެ މަޝްހޫރު ރެގޭ ބީޓް ލަވަޔަކުންނެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން