ރަޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް އިސްތިއުފާދެއްވައިފިއެވެ.

"ވަން"އަށް ކަށަވަރުވެފައިވާ ގޮތުގައި ކުންފުނި ރަޖިސްޓްރާގެ މަގާމުގައި ހުންނެވުމަށްފަހު، ވިސާމް މަގާމުން އިސްތިއުފާދެއްވާފައިވަނީ މީގެ ހަތަރު ދުވަސް ކުރިންނެވެ.

ބައެއް މީޑިއާތަކަށް ވިސާމް ވިދާޅުވެފައިވާ ގޮތުގައި، ކުންފުނި ރަޖިސްޓްރާގެ މަގާމުން އިސްތިއުފާދެއްވީ ޕްރައިވެޓް ސެކްޓާގައި މަސައްކަތްކުރައްވަން ބޭނުންވާތީއެވެ.

ވިސާމް ވަނީ ކުންފުނި ރަޖިސްޓްރާގެ މަގާމުގައި 11 އަހަރު ދުވަހު ހިދުމަތްކުރައްވައިފައެވެ. އޭނާ އެ މަގާމަށް އައްޔަންކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި 2014 ވަނަ އަހަރުގެ ތެރޭގައެވެ.

ވިސާމް އަކީ ވިޔަފާރި އަދި މާކެޓިންގެ ދާއިރާ އިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.