ކަރަންޓު ބިލު ދައްކަން ދަތިވާ ފަރާތްތަކަށް ލުއި ގޮތެއް ހަމަޖައްސައިދިނުމުގެ ގޮތުން ބިލަށް ފައިސާ ދެއްކުމުގެ މުއްދަތު އިތުރުކޮށްދޭން އެދުމުގެ ފުރުސަތު ސްޓެލްކޯ އިން ހުޅުވާލައިފިއެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސްޓެލްކޯ އިން މަސައްކަތް ކުރާނީ އަބަދުވެސް އިހުލާސްތެރިކަމާއެކު ކަމަށެވެ. އެގޮތުން އެ ކުންފުންޏަކީ އަބަދުވެސް ކަސްޓަމަރުންނަށް އެންމެ ލުއި ފަސޭހަ ގޮތް ހޯދައިދޭން މަސައްކަތްކުރާ ކުންފުންޏެއް ކަމަށް ވިދާޅުވި އެވެ.
ފަހުމީ ވިދާޅުވީ، މިހާރު ސްޓެލްކޯގެ ވެބްސައިޓް މެދުވެރިކޮށް ބިލަށް ފައިސާ ދެއްކުމުގެ މުއްދަތު އިތުރުކޮށްދޭން އެދުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވާނެ ކަމަށެވެ.
"މިކަމުގައި އަޅުގަނޑަށް ނުވަތަ ސްޓެލްކޯގެ އެއްވެސް ވެރިއަކަށް ގުޅާކަށް ނުޖެހޭނެ،" ފަހުމީ އެކްސްގައި ވިދާޅުވި އެވެ.
ރޯދަމަހަކީ އެހެން މަސްތަކަށްވުރެ ގިނައިން ކަރަންޓު ބޭނުންކުރާ މަހަކަށްވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކަރަންޓު ބިލުން 10 ޕަސަންޓް ޑިސްކައުންޓް ދިނުމަށް ނިންމައިފައެވެ. އެ ޑިސްކައުންޓް ދޭން ސްޓެލްކޯ އިން ނިންމާފައިވަނީ ރޯދަމަހަށް ވަކި ކަރަންޓު ބިލެއް ހަދައިގެންނެވެ. އެހެންވެ ފެބްރުވަރީ މަހުގެ ބިލު ކުރިން ވަނީ ފޮނުވައިފައެވެ.
ނަމަވެސް ޖަނަވަރީ މަހުގެ ބިލާއި ފެބްރުވަރީ މަހުގެ ބިލު ގާތްގާތުގައިއައި ފޮނުވުމުން ބައެއް މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ
ޚަބަރު
ޚަބަރު
ޚަބަރު