މިއަދަކީ މި އަހަރުގެ ރޯދަ މަހުގެ ހަތަރު ވަނަ ދުވަހެވެ. ބާޒާރުގައި މިއަދުވެސް ގިނަ ބާވަތްތައް ލިބެން ހުރި އިރު، ބާޒާރުގައި މިއަދު ގިނަ އަދަދަކަށް މިރުހާއި ކަރާ ފެންނަން އެބަ ހުއްޓެވެ.

ބާޒާރުގައި މިރުހާއި ކަރާގެ އަގު އިއްޔެއާ އަޅައިބަލާއިރު މިއަދު ވަނީ ކޮންމެވެސް ވަރަކަށް ވެއްޓިފައެވެ. އެގޮތުން އިއްޔެ 20-25 ރުފިޔާ ލިބެންހުރި ކަރާ ކިލޯއެއް މިއަދު ލިބެން ހުރީ 23 ރުފިޔާއަށެވެ. އިއްޔެ 200-300 ދެމެދުގެ އަގެއްގައި މިރުސް ކިލޯއެއް ވިއްކި އިރު، މިއަދު މިރުސް ކިލޯއެއްގެ އަގު ވަނީ 150-200 ރުފިޔާއަށް ވެއްޓިފައެވެ.

"މިރުސް އެބަ ލިބޭ ވަރަށް ގިނައިން. ކަނޑޫދޫންވެސް އިއްޔެވެސް ގިނަ އަދަދަކަށް މިރުސް ގެނައި. ލާމުންވެސް އެހާ ގިނައިން އެބަ ގެނޭ" މިރުހުގެ ވިޔަފާރިކުރާ މީހަކު "ވަން" އަށް ބުންޏެވެ.

  • ކަރާ: 15-20 ރުފިޔާއަށް ކިލޯއެއް
  • ރޮކް މެލަން: 60-70 ރުފިޔާއަށް ކިލޯއެއް
  • ސްވީޓް މެލަން: 45-50 ރުފިޔާއަށް ކިލޯއެއް
  • އިޖިޕްޓް ފޭރު: 140 ރުފިޔާއަށް ކިލޯއެއް
  • ދިވެހި ފޭރު: 120 ރުފިޔާއަށް ކިލޯއެއް
  • ކުރުނބަލެއް: 30-50 ރުފިޔާއަށް
  • ފެޝަން ފުރުޓް: 115 ރުފިޔާއަށް ކިލޯއެއް
  • ދޮންކެޔޮ: 45-50 ރުފިޔާއަށް ކިލޯއެއް
  • ފުސްކެޔޮ: 55 ރުފިޔާއަށް ކިލޯއެއް
  • ފަޅޯ: 30-45 ރުފިޔާއަށް ކިލޯއެއް
  • ކަށިކެޔޮ (ރަތް): 10-15 ރުފިޔާއަށް ވަކެއް
  • ރޯ ކަދުރު: 30-40 ރުފިޔާއަށް ކިލޯއެއް (ދިހަ ކިލޯގެ ފޮއްޓެއް 420 ރުފިޔާއަށް)
  • އޮރެންޖެއް: ފަސް ރުފިޔާއަށް (ކޭހެއް 400 ރުފިޔާއަށް)
  • އާފަލެއް: ފަސް ރުފިޔާއަށް (ކޭހެއް 750 ރުފިޔާއަށް)
  • މެންޑްރިން: 65 ރުފިޔާއަށް ކިލޯއެއް
  • މޭބިސްކަދުރު: 25 ރުފިޔާއަށް 100 ގްރާމް
  • އަނބު: 100 ރުފިޔާއަށް ކިލޯއެއް (ރާއްޖެ އަނބު)
  • ބޭރު އަނބު: 55 ރުފިޔާއަށް ކިލޯއެއް ( ކޭހެއް 750 ރުފިޔާއަށް)
  • އަންނާރު: 65-80 ރުފިޔާއަށް ކިލޯއެއް.
  • އަލުވި: 20 ރުފިޔާއަށް ކިލޯއެއް (25 ކިލޯގެ ބަސްތާއެއް 350 ރުފިޔާއަށް)
  • ކިއުކަމްބާ: 60 ރުފިޔާއަށް ކިލޯއެއް (700 އަށް ބަސްތާއެއް)
  • ބަށި: 50-55 ރުފިޔާއަށް ކިލޯއެއް
  • ޓޮމާޓޯ: 25 ރުފިޔާއަށް ކިލޯއެއް
  • ބަޓާނާ: 35 ރުފިޔާއަށް ކިލޯއެއް
  • ލެޓިއުސް: 80-100 ރުފިޔާއަށް ކިލޯއެއް
  • ކައްޓަލަ: 60-80 ރުފިޔާއަށް ކިލޯއެއް
  • ތޮޅިމިރުސް: 150-250 ރުފިޔާއަށް ކިލޯއެއް
  • ގިތެޔޮމިރުސް: 150-200 ރުފިޔާއަށް ކިލޯއެއް
  • ލުނބޯ: 40 ރުފިޔާއަށް ކިލޯއެއް (8 ކިލޯގެ ކޭހެއް 280 ރުފިޔާއަށް)
  • ކެޕްސިކަމް: 80 ރުފިޔާއަށް ކިލޯއެއް
  • ކެރެޓު: 35 ރުފިޔާއަށް ކިލޯއެއް (8 ކިލޯގެ ކޭހެއް 350 ރުފިޔާއަށް)
  • ބަރަބޯ: 35 ރުފިޔާ އަށް ކިލޯއެއް
  • ބެލްޕެޕާ: 90 ރުފިޔާ އަށް ކިލޯއެއް
  • ބީންސް: 80 ރުފިޔާ އަށް ކިލޯއެއް
  • ލޭޑީސް ފިންގާ: 65 ރުފިޔާއަށް ކިލޯއެއް
  • ކޯނީ ފްލަވާ: 80 ރުފިޔާއަށް ކިލޯއެއް
  • އިނގުރު: 90 ރުފިޔާއަށް ކިލޯއެެއް (700 ރުފިޔާއަށް ބަސްތާއެއް)
  • ލޮނުމެދު: 150-190 ރުފިޔާއަށް ކިލޯއެއް، (1550 ރުފިޔާއަށް ބަސްތާއެއް)
  • މުރަނގަ ތޮޅި: 130 ރުފިޔާއަށް ކިލޯއެއް
  • ފާގަ: 50 ރުފިޔާއަށް ކިލޯއެއް
  • ބިސް: ވަކިން ބިހެއް 2 ރުފިޔާއަށް (380 ރުފިޔާއަށް ކޭހެއް)
  • ފިޔާ: ކިލޯއެއް 20 ރުފިޔާއަށް (370 ރުފިޔާއަށް ބަސްތާއެއް)
  • ކަންކުން: 5 ރުފިޔާއަށް ބޮނޑިއެއް
  • ކުއްޅަފިލާފަތް: 25 ރުފިޔާއަށް ދެ ބޮނޑި
  • ހިކަނދިފަތް: 15 ރުފިޔާއަށް ބޮނޑިއެއް
  • ކޮޕީ ފަތް: 15 ރުފިޔާއަށް ބޮނޑިއެއް
  • ރާނބާފަތެއް: 6 ރުފިޔާއަށް ފަތެއް
  • ކާއްޓެއް: 20-50 ރުފިޔާއަށް
  • ގަބުޅިއެއް: 25-30 ރުފިޔާއަށް
  • ފިޔާ: ބަސްތާއެއް 335 ރުފިޔާ، ވަކިން ކިލޯއެއް 14 ރުފިޔާ
  • ބިސް: ކޭހެއް 350 ރުފިޔާއަށް، ވަކިން 2 ރުފިޔާ
  • އަލުވި: ބަސްތާއެއް 515 ރުފިޔާއަށް، ކިލޯއެއް 25 ރުފިޔާއަށް (25 ކިލޯ)
  • ލުނބޯ ކޭހެއް: 145 ރުފިޔާއަށް ކޭހެއް
  • ކާށި: 20 ރުފިޔާއަށް ކިލޯއެއް
  • ލޮނުމެދު 45 ރުފިޔާއަށް ކިލޯއެއް.
  • ކަނޑުމަސް: 35 ރުފިޔާއަށް ކިލޯއެއް
  • ކަންނެލި: 35 ރުފިޔާއަށް ކިލޯއެއް
  • މާނިޔަ މަސް: 65ރުފިޔާއަށް މަހެއް
  • ހަންޖެއް: 200-250 ރުފިޔާއަށް
  • މުށިމަސް: 30 ރުފިޔާއަށް ހަތަރު މަސް
  • ދޮންމަސް: 20-30 ރުފިޔާއަށް ހަތަރު މަސް
  • ރިތް މަސް: 40 ރުފިޔާއަށް ހަތަރު މަސް
  • މެދު ސައިޒުގެ ރަތް މަހެއް: 80 ރުފިޔާއަށް
  • ރަތް މަސް ކިލޯއެއް 200 ރުފިޔާއަށް
  • މެދު ސައިޒުގެ ފިލޮޅެއް: 80-100 ރުފިޔާއަށް
  • މެދު ސައިޒުގެ ފާނައެއް: 50-80 ރުފިޔާއަށް
  • މެދު ސައިޒުގެ ތޮޅިއެއް 70-90 ރުފިޔާއަށް