މިއަދަކީ މި އަހަރުގެ ރޯދަ މަހުގެ ތިން ވަނަ ދުވަހެކެވެ. ބާޒާރުގައި މިއަދު ވެސް ގިނަ ބާވަތްތައް ލިބެން ހުރި އިރު، އަސާސީ ކާބޯތަކެތީގެ ތެރޭގައި ހިމެނޭ ބައެއް ބާވަތްތަކާއި މަހުގެ ބާވަތްތަކުގެ އަގު ވަނީ އުފުލިފައެވެ.
މަސް މާރުކޭޓުން މިއަދު ކަނޑު މަސް ކިލޯއެއް ލިބެން ހުރީ 40 ރުފިޔާއަށެވެ. އެއީ އިއްޔެއާ އަޅައި ބަލާއިރު، 12 ރުފިޔާގެ އިތުރުވުމެކެވެ. ކަންނެލި ކިލޯއެއްގެ އަގު މިއަދު ވެސް 35 ރުފިޔާގައި ވަނީ ހިފެހެއްޓިފައެވެ.
އަސާސީ ކާބޯތަކެތީގެ ތެރޭގައި ހިމެނޭ ފިޔާ، އަލުވި ބިހުގެ އަގު މިއަދު ވަނީ އުފުލިފައެވެ. އެގޮތުން އަލުވި ބަސްތާއެއް މިއަދު ލިބެންހުރީ 390 ރުފިޔާއަށެވެ. ފިޔާ ބަސްތާއެއް 400 ރުފިޔާއަށް ލިބެން ހުރި އިރު، ބިސް ކޭހެއް ލިބެން ހުރީ 450 ރުފިޔާއަށެވެ. ލުނބޯ ކޭހެއް އުޅެނީ 380 ރުފިޔާއަށެވެ.
- ކަރާ: 20-25 ރުފިޔާއަށް ކިލޯއެއް
- ރޮކް މެލަން: 60-70 ރުފިޔާއަށް ކިލޯއެއް
- ސްވީޓް މެލަން: 45-50 ރުފިޔާއަށް ކިލޯއެއް
- އިޖިޕްޓް ފޭރު: 150 ރުފިޔާއަށް ކިލޯއެއް
- ދިވެހި ފޭރު: 100 ރުފިޔާއަށް ކިލޯއެއް
- ކުރުނބަލެއް: 30-50 ރުފިޔާއަށް
- ފެޝަން ފުރުޓް: 120 ރުފިޔާއަށް ކިލޯއެއް
- ދޮންކެޔޮ: 45-50 ރުފިޔާއަށް ކިލޯއެއް
- ފުސްކެޔޮ: 55 ރުފިޔާއަށް ކިލޯއެއް
- ފަޅޯ: 30-45 ރުފިޔާއަށް ކިލޯއެއް
- ކަށިކެޔޮ (ރަތް): 10-15 ރުފިޔާއަށް ވަކެއް
- ރޯ ކަދުރު: 30-40 ރުފިޔާއަށް ކިލޯއެއް (ދިހަ ކިލޯގެ ފޮއްޓެއް 420 ރުފިޔާއަށް)
- އޮރެންޖެއް: ފަސް ރުފިޔާއަށް (ކޭހެއް 400 ރުފިޔާއަށް)
- އާފަލެއް: ފަސް ރުފިޔާއަށް (ކޭހެއް 750 ރުފިޔާއަށް)
- މެންޑްރިން: 65 ރުފިޔާއަށް ކިލޯއެއް
- މޭބިސްކަދުރު: 25 ރުފިޔާއަށް 100 ގްރާމް
- އަނބު: 100 ރުފިޔާއަށް ކިލޯއެއް (ރާއްޖެ އަނބު)
- ބޭރު އަނބު: 55 ރުފިޔާއަށް ކިލޯއެއް ( ކޭހެއް 750 ރުފިޔާއަށް)
- އަންނާރު: 65-80 ރުފިޔާއަށް ކިލޯއެއް.
- ކަންކުން: 5 ރުފިޔާއަށް ބޮނޑިއެއް
- ކުއްޅަފިލާފަތް: 25 ރުފިޔާއަށް ދެ ބޮނޑި
- ހިކަނދިފަތް: 15 ރުފިޔާއަށް ބޮނޑިއެއް
- ކޮޕީ ފަތް: 15 ރުފިޔާއަށް ބޮނޑިއެއް
- ރާނބާފަތެއް: 6 ރުފިޔާއަށް ފަތެއް
- ކާއްޓެއް: 30-50 ރުފިޔާއަށް
- ގަބުޅިއެއް: 25-30 ރުފިޔާއަށް
- އަލުވި: 18 ރުފިޔާއަށް ކިލޯއެއް (25 ކިލޯގެ ބަސްތާއެއް 400-450 ރުފިޔާއަށް)
- ކިއުކަމްބާ: 55-70 ރުފިޔާއަށް ކިލޯއެއް
- ބަށި: 50-55 ރުފިޔާއަށް ކިލޯއެއް
- ޓޮމާޓޯ: 25 ރުފިޔާއަށް ކިލޯއެއް
- ބަޓާނާ: 35 ރުފިޔާއަށް ކިލޯއެއް
- ލެޓިއުސް: 80-100 ރުފިޔާއަށް ކިލޯއެއް
- ކައްޓަލަ: 60-80 ރުފިޔާއަށް ކިލޯއެއް
- ތޮޅިމިރުސް: 300-350 ރުފިޔާއަށް ކިލޯއެއް
- ގިތެޔޮމިރުސް: 200-300 ރުފިޔާއަށް ކިލޯއެއް
- ލުނބޯ: 40 ރުފިޔާއަށް ކިލޯއެއް (8 ކިލޯގެ ކޭހެއް 280 ރުފިޔާއަށް)
- ކެޕްސިކަމް: 80 ރުފިޔާއަށް ކިލޯއެއް
- ކެރެޓު: 40 ރުފިޔާއަށް ކިލޯއެއް (8 ކިލޯގެ ކޭހެއް 380 ރުފިޔާއަށް)
- ބަރަބޯ: 35 ރުފިޔާ އަށް ކިލޯއެއް
- ބެލްޕެޕާ: 90 ރުފިޔާ އަށް ކިލޯއެއް
- ބީންސް: 90 ރުފިޔާ އަށް ކިލޯއެއް
- ލޭޑީސް ފިންގާ: 70 ރުފިޔާއަށް ކިލޯއެއް
- ކޯނީ ފްލަވާ: 80 ރުފިޔާއަށް ކިލޯއެއް
- އިނގުރު: 90 ރުފިޔާއަށް ކިލޯއެެއް
- މުރަނގަ ތޮޅި: 130 ރުފިޔާއަށް ކިލޯއެއް
- ފާގަ: 50 ރުފިޔާއަށް ކިލޯއެއް
- ބިސް: ވަކިން ބިހެއް 2.00-2.5 ރުފިޔާއަށް (450 ރުފިޔާއަށް ކޭހެއް)
- ފިޔާ: ކިލޯއެއް 16 ރުފިޔާއަށް ( 400 ރުފިޔާއަށް ބަސްތާއަށް )
- ފިޔާ: ބަސްތާއެއް 335 ރުފިޔާ، ވަކިން ކިލޯއެއް 14 ރުފިޔާ
- ބިސް: ކޭހެއް 350 ރުފިޔާއަށް، ވަކިން 2 ރުފިޔާ
- އަލުވި: ބަސްތާއެއް 515 ރުފިޔާއަށް، ކިލޯއެއް 25 ރުފިޔާއަށް (25 ކިލޯ)
- ލުނބޯ ކޭހެއް: 145 ރުފިޔާއަށް ކޭހެއް
- ކާށި: 20 ރުފިޔާއަށް ކިލޯއެއް
- ލޮނުމެދު 45 ރުފިޔާއަށް ކިލޯއެއް.
- ކަނޑުމަސް: 40 ރުފިޔާއަށް ކިލޯއެއް
- ކަންނެލި: 35 ރުފިޔާއަށް ކިލޯއެއް
- މާނިޔަ މަސް: 70 ރުފިޔާއަށް މަހެއް
- ހަންޖެއް: 200-250 ރުފިޔާއަށް
- މުށިމަސް: 30 ރުފިޔާއަށް ހަތަރު މަސް
- ދޮންމަސް: 20-30 ރުފިޔާއަށް ހަތަރު މަސް
- ރިތް މަސް: 40 ރުފިޔާއަށް ހަތަރު މަސް
- މެދު ސައިޒުގެ ރަތް މަހެއް: 80 ރުފިޔާއަށް
- ރަތް މަސް ކިލޯއެއް 200 ރުފިޔާއަށް
- މެދު ސައިޒުގެ ފިލޮޅެއް: 80-100 ރުފިޔާއަށް
- މެދު ސައިޒުގެ ފާނައެއް: 50-80 ރުފިޔާއަށް
- މެދު ސައިޒުގެ ތޮޅިއެއް 80 ރުފިޔާއަށް
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު