މި ރަމަޟާން މަހަށް ހާއްސަކޮށްގެން ދިރާގު އެޕްއިން ކަރާ ފަޅައިގެން ސްވިޓްޒާލޭންޑަށް ދިއުމުގެ ފުރުސަތު ލިބޭނެ ކަމަށް ދިރާގުން ބުނެފިއެވެ.

ދިރާގުން މިއަދު ބުނީ، މި ރަމަޟާން މަހުގެ ކޮންމެ ދުވަހަކު ދިރާގު އެޕްގައިވާ "ރަމަޟާން އޮފާސް" ބެނާއަށް ފިއްތާލުމުން ފެންނަ އެ ދުވަހަކަށް ހާއްސަ ކަރާ ފަޅައިގެން ސްވިޓްޒާލޭންޑަށް ދިއުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

އެ އިނާމުގެ ނަސީބުވެރި ފަރާތަށް ސްވިޓްޒަލޭންޑަށް ދިއުމަށް ދެ މީހުންގެ ދެކޮޅު ޓިކެޓާއި ފަސް ރޭގެ ހުރުން ލިބޭނެއެވެ. މިއީ ސްވިޓްޒާލޭންޑުގެ ހިތްގައިމުކަން ތަޖުރިބާކޮށްލަން ބޭނުންވާ ފަރާތްތަކަށް ރަނުގެ ފުރުސަތެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގުން މި ރޯދަ މަހަށް ހާއްސަކޮށް އެޕްގައިވާ "ރަމަޟާން އޮފާސް" އިން ކޮންމެ ދުވަހަކު ހާއްސަ ކަރާ ފަޅައިގެން ގިނަ އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފައެވެ. އެގޮތުން ކޮންމެ ދުވަހަކު ދިރާގު އެޕްއިން ކަރާ ފަޅައިގެން ދެ ޖީބީ ހިލޭ ޑޭޓާ ހޯދުމުގެ ފުރުސަތު، އަދި ވަކި އަދަދަކަށް ކަރާ ފަޅައިގެން، ހާއްސަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބޭނެއެވެ.

އިނާމުތަކުގެ ތެރޭގައި، 10 ޖީބީ ހިލޭ ޑޭޓާ، އެއާޕޮޑް، ސެމްސަން އެސް 25 ފޯން އަދި 1 ޓީބީ ހިލޭ ޑޭޓާ ހިމެނެއެވެ.

ދިރާގަކީ ރާއްޖޭގައި ތަފާތު ގިނަ ޕްރޮމޯޝަންތައް ހިންގައި، ހެޔޮ އަގުގައި ގިނަ އޮފާތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންދާ ކުންފުންޏެކެވެ.