އެމެރިކާގެ ރަސްމީ ބަހަކީ އިނގިރޭސި ކަމުގައި ރަސްމީކޮށް ހަމަޖައްސައިފިއެވެ.
އެމެރިކާގައި ރަސްމީ ބަހެއްގެ ގޮތުގައި ބޭނުންކުރާނީ އިނގެރޭސީ ކަމަށް ކަނޑައަޅައި، އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ގަރާރެއްގައި ސޮއިކުރައްވައިފައެވެ.
ރައީސް ޓްރަމްޕްގެ ގަރާރުގެ ދަށުން މީގެ ފަހުން އެމެރިކާގެ ސަރުކާރުގެ އިދާރާތަކާއި ޖަމިއްޔާ ޖަމާއަަތްތަކުގެ އިތުރުން ހުރިހާ ބާވަތެއްގެ ލިޔެކިޔުމުގައި ބޭނުންކުރަން ޖެހޭނީ އިނގިރޭސި ބަސްކަމުގައި ވަނީ ވެފައެވެ.
ގަރާރުގެ ދަށުން އެ ގައުމުގައި ރަސްމީ ބަހެއް ހިމަނައި ހުރިހާ ފަރާތްތަކުން ބޭނުންކުރަން ފެށުމުން ގިނަ ގޮތްގޮތުން ފަސޭހަ ވެގެން ދާނެ ކަމަށް ރައީސް ޓްރަމްްޕް ގެ ގަރާރުގައި ފާހަގަކުރައްވާފައިވެއެވެ.
އެމެރިކާގެ 250 އަހަރުވީ ދިގު ތާރީހުގައި އެ ގައުމުގައި ބޭނުންކުރާނެ ބަހެއް ރަސްމީކޮށް ކަނޑައެޅިފައި ނެތްކަން އޮފިޝަލުން ފާހަގަ ކުރެއެވެ. އެހެން ނަމަވެސް ޓްރަމްޕްގެ މި ޤަރާރުގެ ސަބަބުން އެކަމަށް ނިމުމެއް އައިސް، ރަސްމީ ބަހެއް ކަނޑައެޅުނީ ކަމަށް އޮފިޝަލުން ބުނެއެވެ.
އެމެރިކާގެ ބޯހިމެނުމާ ބެހޭ އިދާރާގެ ރެކޯޑުތަކުން ދައްކާ ގޮތުގައި، އެ ގައުމުގެ އާބާދީގެ 340 މިލިއަން މީހުންގެ ތެރެއިން 68 މިލިއަން މީހުން ބޭނުން ކުރަނީ އިނގިރޭސި ނޫން ބަސްތަކެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ