ބީއެމްއެލްއިން ރޯދަ މަހު އެކި ފިހާރަތަކާ އެކު ކުރިއަށް ގެންދަން ހަމަޖެހިފައިވާ "ރަން ފުރުސަތު" ޕްރޮމޯޝަނުގައި އިތުރު ތިން ފިހާރައަކުން ބައިވެރިވެއްޖެއެވެ.
ބީއެމްއެލްއިން އިއްޔެ ބުނީ ޕްރޮމޯޝަނާ އަލުން ގުޅިފައިވަނީ ވީބީ، ލޮޓަސް އަދި ފަހި ޕްލާޒާ ފިހާރަ ކަމަށެވެ. މި ޕްރޮމޯޝަނުގެ ދަށުން އެ ތިން ފިހާރައިން ބީއެމްއެލްގެ ކާޑު ބޭނުންކޮށްގެން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ބައިވެރި ވެވޭނެ ކަމަށްވެސް ބުންޏެވެ.
މި ޕްރޮމޯޝަނުގައި މި ފިހާރަތަކުން ބީއެމްއެލް ކާޑުން ވިޔަފާރިކޮށްގެން ކޮންމެ ދުވަހަކު 2،000 ރުފިޔާގެ ބީއެމްއެލް ގިފްޓް ކާޑެއް ހޯދުމުގެ ފުރުސަތު ލިބޭނެއެވެ. މި ޕްރޮމޯޝަނުގައި ބައިވެރި ވެވޭނީ އެ ފިހާރަތަކުން 300 ރުފިޔާއިން މަތީގެ ވިޔަފާރިކޮށްގެން ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށެވެ.
ބީއެމްއެލްގެ "ރަން ފުރުސަތު" ޕްރޮމޯޝަން އެސްޓީއޯގެ ފިހާރަތަކުގައި ވެސް ކުރިއަށް ދާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު