ރަމަޟާން މަހަށް ހަނދު ބެލުމަށް ސައުދީން ތައްޔާރުވެއްޖެއެވެ.
ސައުދީ އަރަބިއްޔާއިން ވަނީ އެ ގައުމުގައި ދިރިއުޅޭ ހުރިހާ މުސްލިމުންވެސް މިއަހަރުގެ ރަމަޟާން މަހަށް ހަނދު ބެލުމަށް އެދިފައެވެ. އެގޮތުން ހުކުރު ދުވަހުގެ ހަވީރުން ފެށިގެން އެ މަސައްކަތް ފެށުމަށް ސައުދީގެ ގެޒެޓުގައި ވަނީ އިއުލާން ކޮށްފައެވެ.
ސައުދީގެ ސުޕްރީމް ކޯޓުން ވަނީ އެ ގައުމުގައި މާދަމާ ހަވީރުގެ ފަހުން ހަމަލޮލުން ނުވަތަ ދުރުމިއެއް ބޭނުންކޮށްގެންވިޔަސް، ހަނދު ފެނިއްޖެ ނަމަ އެ މީހަކު ހުރި ސަރަހައްދެއްގެ ކޯޓަކަށް ގޮސް ރަމަޟާން މަހުގެ ހަނދު ފެނުނު ކަމަށް ބަޔާން ދިނުމަށް އަންގައިފައެވެ.
ސައުދީގެ އިތުރުން ޔޫއޭއީން ވެސް ވަނީ ރަމަޟާން މަހަށް ހަނދުބެލުމަށް ތައްޔާރު ވެފައެވެ. ޔޫއޭއީގައި ހުންނަ އިންޓަނޭޝަނަލް އެސްޓްރޮނޮމީ ސެންޓަރާ ހަވާލާދީ އެ ގައުމުގެ ހަލީޖް ޓައިމްސް އިން ވަނީ އަންނަ މާޗް މަހުގެ އެކެއް ވާނީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަށް ކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ