ފަސް މިލިއަން ޑޮލަރަށް އެމެރިކާގެ ރަށްވެހިކަން ވިއްކާން ނިންމާފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އެގައުމަށް ބަދަލުވާން ބޭނުންވާ މުއްސަނދީންނަށް ''ގޯލްޑް ކާޑު'' ދިނުމަށް ނިންމާފައިވާކަމަށާއި އޭގެ އަގަކީ 5 މިލިއަން އެމެރިކާ ޑޮލަރު ކަމަށެވެ.
އެމެރިކާގެ ރައީސްގެ އޮފީހުގައި ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން ޓްރަމްޕް ވިދާޅުވީ ގޯލްޑް ކާޑު ގަނެގެން އެމެރިކާއަށް ދާ ކޮންމެ މީހަކަށްވެސް މިހާރު އެ ގައުމުގެ ރަށްވެހިކަން ދިނުމަށް ދޫކުރާ ގްރީން ކާޑުން ލިބޭ ހުރިހާ ހިދުމަތްތަކެއް ލިބޭނެ ކަމަށެވެ.
ކުރިޔަށް އޮތް ދެ ހަފުތާއެއްހާ ދުވަސްތެރޭ އެ މަސައްކަތް ފަށައި ކާޑު ގަންނަން ބޭނުން ފަރާތްތަކަށް އެ ފުރުސަތު ހުޅުވައިލާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
އެމެރިކާއިން ރަޝިޔާގެ ރައްޔިތުންނަށްވެސް އެ ފުރުސަތު ދޭނަންތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވީ ރަޝިޔާ މީހުން ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާ ކަމަށާއި އެމީހުންނަކީ ވަރަށް ރަނގަޅު ބައެއް ކަމަށެވެ. އެހެންކަމުން އެ މީހުނަށްވެސް މި ފުރުސަތު އޮންނާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ