ބޮލީވުޑްގެ ސުޕަރސްޓާރުން ކަމުގައިވާ ޝާހުރުކް ޚާން އަދި ދީޕިކާ ޕަދުކޯން، 2023 ވަނަ އަހަރުގެ ބްލޮކްބަސްޓާ ފިލްމު 'ޕަތާން' ގެ ދެވަނަ ބައި ގައި އަނެއްކާވެސް އެކުގައި މަސައްކަތްކުރުމަށް ހަމަޖެހިއްޖެއެވެ.
ބޮލީވުޑް ފިލްމު އިންޑަސްޓްރީގައި އެންމެ ކާމިޔާބު ފިލްމުތައް ނެރުނު މި ޖޯޑު މިހާރު ތައްޔާރުވަމުން އަންނަނީ އެމީހުންގެ ސްޕައި އެކްޝަން-އެޑްވެންޗާ ފިލްމުގެ ދެން އަންނަ ބަޔަށެވެ.
ޔާޝް ރާޖް ފިލްމްސްގެ ފުޅާވަމުން އަންނަ ސްޕައި ޔުނިވާސްގެ ބައެއް ކަމަށްވާ 'ޕަތާން 2' ގައި، ޝާހު އަނެއްކާވެސް ފެންނާނީ ރޯ އޭޖެންޓެއްގެ ގޮތުގައެވެ. އަދި ރުބީނާގެ ރޯލު އަދާކުރި ދީޕިކާވެސް އެނބުރި އަންނާނެ ކަން ވަނީ ޔަގީންވެފައެވެ. ކާނަލް ސުނިލް ލުތްރާގެ ރޯލު އަދާކުރި އަޝުތޯޝް ރާނާވެސް ދެވަނަ ބަޔަށް އަންނާނެ ކަމަށް ބޮލީވުޑްގެ ހަބަރުތައް ބުނެއެވެ.
ހަބަރުތައް ބުނާގޮތުގައި، ފިލްމުގެ ސްކްރިޕްޓް ގާތްގަނޑަކަށް ނިމި، މިހާރު އިންތިޒާރުކުރަމުން އަންނަނީ ޑައިލޮގަށެވެ.
ޝާހު މިދުވަސްކޮޅު ފިލްމު 'ކިންގް'ގެ ޝޫޓިންގައި ހަރަކާތްތެރިވަމުން އަންނައިރު، މި ފިލްމުގައި އޭނާ އާއެކު އަންހެންދަރިފުޅު ސުހާނާ ޚާންވެސް ފެނިގެންދާނެއެވެ. ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މެދުތެރޭގައެވެ. އަނެއްކޮޅުން ދީޕިކާ މިވަގުތު ހުރީ މެޓާނިޓީ ލީވްގައެވެ.
ޕްރޮޑިއުސަރު، އަދިއްތިޔަ ޗޯޕްރާ ވަނީ ވައިއާރުއެފް ސްޕައި ޔުނިވާސް ފުޅާކުރުމަށް އަމާޒު ހިފައިފައެވެ. މި ޔުނިވާސްއިން މިހާރުވެސް ވަނީ 'އެކް ތާ ޓައިގަރ'، 'ޓައިގާ ޒިންދާ ހޭ'، 'ވޯރ'، އަދި 'ޕަތާން' ފަދަ ހިޓް ފިލްމުތައް ނެރެފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން