ކޮލޮމްބިއާގައި މީހެއްގެ ބޮލުގެ ވިގެއްގެ ތެރެއިން 200 ގްރާމް ކޮކޭން ހޯދައިފިއެވެ.

ކޮލޮމްބިއާގައި އުމުރުން 40 އަހަރުގެ މީހެއްގެ ވިގުގެ ތެރެއިން ފެނިފައިވާ ކޮކޭން ބަންދުކޮށްފައި ހުރީ ކެޕްސޫލްތަކެއްގައި ކަމަށް އޮފިޝަލުން ބުނެއެވެ.

މި މީހާ އަތުލައިގެންފައިވަނީ ކޮލޮމްބިއާއިން އެމްސްޓަޑަމް އަށް ދަތުރުކުރި ފްލައިޓަކުން ފުރަން އުޅުމުގެ ތެރޭގައެވެ.

ކޮލޮމްބިއާގެ ފުލުހުން ވަނީ އެމީހާ ފާސް ކުރަން މަސައްކަތް ކުރިވަގުތު ނަގާފައިވާ ވީޑިއޯއެއް ހިއްސާކޮށްފައެވެ. އެވީޑިއޯއިން ފެންނަގޮތުން އެމީހާގެ ބޮލުގައި ހަރުކޮށްފައިވާ ވިގެއް ނައްޓާލިއިރު ވިގުގެ އެތެރޭގައި ބަންދުކޮށްފައިހުރި ކެޕްސޫލްތަކެއް ފެނެއެވެ.

އުތުރު އެމެރިކާގެ އިތުރުން ޔޫރަޕްގެ ގައުމުތަކަށް އެންމެ ގިނައިން ކޮކޭން އެތެރެކުރި ގައުމަކަށް މިދިޔަ އަހަރުގެ ރެކޯޑުތަކުން ވަނީ ކޮލޮންބިއާ ފާހަގަވެފައެވެ. އިދާރާތަކުން ވަނީ އެ ސަރަހައްދަށް 2،600 ޓަނުގެ ކޮކޭން މިދިޔަ އަހަރު ޓްރެފިކް ކޮށްފައިވާކަމަށް ބުނެފައެވެ.