ރަމަޟާން މަސް ހޫނު މޫސުމާ ދިމާވާތީ މާލޭގެ ކަރަންޓު ކެޕޭސިޓީއަށް 17 މެގަވޮޓް އިތުރުކުރުމުގެ މަސައްކަތް ސްޓެލްކޯ އިން ފަށައިފިއެވެ.
ޕީއެސްއެމްއަަށް ދެއްވި އިންޓަވިއުއެއްގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ، އިތުރު 17 މެގަވޮޓްގެ ކަރަންޓް އިންސްޓޯލްކުރުމުގެ މަސައްކަތް ހުޅުމާލޭގައި ކުރިއަށްދާ ކަމަށެވެ.
ފަހުމީ ވިދާޅުވީ، އެ މަސައްކަތަށް ބޭނުންވާ އިންޖީނާއި ޓްރާންސްފޯމަރާއި ކޭބަލް ސްޓެލްކޯގައި އެބަހުރި ކަމަަށާއި އެހެންކަމުން ރޯދަ މަހު ކަރަންޓު ނުކެނޑޭނެ ކަމަށެވެ. ނަމަވެސް ޓެކްނިކަލް ކަމެއް ދިމާވެގެން ކަރަންޓު ކެނޑުނު ނަމަވެސް ހިދުމަތްތަކަށް ބުރޫނާރާނެހެން ކަންކަން ބައްޓަން ކުރާނެ ކަމަށް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ ރޯދަމަހު އަޅުގަނޑުމެން އަތުގައި ކެޕޭސިޓީ ނެތިގެން ކަރަންޓު ކަނޑާލާކަށް ނުޖެހޭނެ،" ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ، އިތުރު 17 މެގަވޮޓްގެ ކަރަންޓު އިންސްޓޯލުކުރުމުގެ މަސައްކަތް ރޯދައިގެ ކުރިން ނިމޭނެ ކަމަށެވެ.
އާންމުކޮށް ރޯދަ މަހަކީ އެހެން މަސްތަކަށްވުރެ ގިނައިން ކަރަންޓު ބޭނުންކުރާ މަހެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު