ގާޒާގައި ޕޯލިއޯ ވެކްސިން ދިނުމުގެ ތިންވަނަ ބުރު ފަށައިފިއެވެ.

ގާޒާގައި ދިރިއުޅޭ ކުޑަކުދީންގެ ތެރެއިން 600،000 ކުދީންނަށް މިބުރުގައި ވެކްސިން ދޭން ހަމަޖެހިފައިވާކަމަށް އޮފިޝަލުންނާ ހަވާލާދީ އޭއެފްޕީ އިން ބުނެއެވެ.

އދ ގެ އެޖެންސީތައް ގުޅިގެން ކުރިޔަށް ގެންދާ މި ހަރަކާތުގައި އިސްރާއީލުން ބޯއިކޮޓްކޮށްފައިވާ ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދ ގެ ޖަމިއްޔާ ''ޔޫއެންއާރްޑަބްލިއުއޭ'' ވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ދުނިޔޭގެ ސިއްހަތާބެހޭ މައި ޖަމިއްޔާއިން ވަނީ މިމަހުގެ 26 ވަނަ ދުވަހުގެ ކުރިން ގާޒާގެ 591،000 ކުދީންނަށް ވެކްސިން ދެވޭނެ ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.

އދ އިން ގާޒާގައި ޕޯލިއޯ ވެކްސިން ދޭން ނިންމައި އެ މަސައްކަތް ފަށާފައި މިވަނީ އިސްރާއީލުން އެ ސިޓީއަށް ދެމުންދިޔަ ގެއްލުންތަކުގައި އަސާސީ ހިދުމަތްތައް މެދުކެނޑި ގާޒާގެ ފެން ތަގައްޔަރު ވެ ޕޯލިއޯގެ އަސަރު ފެނުމުން ކަމަށް އޮފިޝަލުން ބުނެއެވެ.