ޝަރުއީ ދާއިރާގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔާގެ މަގާމު، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކަށް، އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަމްޖަދު މުސްތަފާ އައްޔަންކޮށްފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ އިންޓަވިއު ޕެނަލުން ހުށަހަޅާފައިވާ ރިޕޯޓުގައި، އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވެ އަދި އެންމެ މަތިން މާކްސް ލިބިފައިވަނީ އަމްޖަދަށް ކަމަށެވެ.
އަމްޖަދު ވަނީ އީސީގެ ނައިބު ރައީސްކަމުގެ އިތުރުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަން ކުރައްވައިފައެވެ. އޭގެ އިތުރުން އެމްޓީޑީސީގެ ބޯޑު ޑިރެކްޓަރުކަން ވެސް އޭނާ ކުރެއްވިއެވެ.
މުސްތަފާ ވަނީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ޝަރީއާ އެންޑް ލޯއިން ފުރަތަމަ ޑިގްރީއާއި އިނގިރޭސި ވިލާތުގެ އެންޑް ގްލިއާ ރަސްކިން ޔުނިވާސިޓީން ބިޒްނެސް އެޑްމިނިސްޓްރޭޝަން އިން މާސްޓާސް ހާސިލުކުރައްވައިފައެވެ.
އަމްޖަދު އެ މަގާމަށް އައްޔަން ކޮށްފައިމިވަނީ، އެ މަގާމުގައި އެންމެ ފަހުން ހުންނެވި އައިޝަތު ރިޒްނާ މިދިޔަ އަހަރު އިސްތިއުފާ ދެއްވުމުންނެވެ.
ބ. ދަރަވަންދޫ
ކުށް
ރިޕޯޓް
ކާބޯތަކެތި