ސުބާޝް ގާއީގެ ތްރިލަރ ފިލްމު “އޭތްރާޒް”ގެ ދެވަނަ ބައިގެ ލީޑު ރޯލު ތާޕްސީ ޕަންނުއަށް ހުށަހަޅައިފި އެވެ.
އޭތްރާޒް ގެ ދެވަނަ ބައިގެ ލީޑު ރޯލު ކުޅުމަށް ތާޕްސީ ކޮންޓްރެކްޓްގައި ސޮއި ކޮށްފައި ނުވިނަމަވެސް އޭނާ ވަނީ ފިލްމުގެ ސްކްރިޕްޓް ކިޔައި ފިލްމަށް ޝައުގުވެރިކަން ފާޅުކޮށްފައި ކަމަށް ބޮލީވުޑް ހަބަރުތައް ބުނެއެވެ.
ބޮލީވުޑް ހަބަރުތައް ބުނާ ގޮތުގައި ތާޕްސީ އަދި މުކްތާ އާޓްސްއިން އެކަމާ ގުޅޭގޮތުން، ރަސްމީކޮށް އެއްޗެކޭ ނުބުނި ނަމަވެސް، މި ފިލްމުގައި ތާޕްސީ ބައިވެރިވެއްޖެ ނަމަ، މިއީ އޭނާގެ ކެރިއަރުގައި އަނެއްކާވެސް ހިތްވަރުގަދަ ޕަރފޯމަންސެއް ދެއްކުމުގެ ފުރުސަތެކެވެ. އެހެނީ އޭނާއަކީ ވަރުގަދަ، މިނިވަން އަންހެން ކެރެކްޓަރުތައް ޚިޔާރުކުރުމަށް މަޝްހޫރު އެކްޓްރެސްއެއް ކަމަށްވާތީއެވެ.
2004 ވަނަ އަހަރު ރިލީޒްކުރި "އޭތްރާޒް" ގެ އެއްވަނަ ބައިގައި، ޕްރިޔަންކާ ޗޯޕްރާ ޖޯނާސް ވަނީ އާ ގޮތަކަށް ފެމް ފަޓާލް (ނުރައްކާތެރި އަންހެނެއްގެ) ދައުރެއް އަދާކޮށްފައެވެ. އެ ދުވަސްވަރު، ސުބާޝް ގާއީ ވަނީ ޕްރިޔަންކާ ނެގި ރިސްކް ބަލައިގެންފައެވެ. އެއީ ބޮލީވުޑްގެ އާންމު އަންހެން ލީޑް ރޯލްތަކާ ހިލާފަށް، ވަރުގަދަ އަދި އެންބިޝަސް އަންހެނެއްގެ ދައުރެއް އަދާކުރުމުންނެވެ.
މި ފިލްމާ ގުޅޭގޮތުން، ސުބާޝް އޭނާގެ ސޯޝަލް މީޑިއާގަައި ލިޔެފައިވާ ގޮތުގައި ޕްރިޔަންކާ ޗޯޕްރާ އެ ފިލްމު ކުޅުނީ އިތުރު ހިތްވަރެއް ނެރެގެންނެވެ. އެ ފިލްމަށް 20 އަހަރު ފުރުނުއިރުވެސް، އެ ހަނދާންތަކަށް ފަނޑުކަމެއް ނާންނަނީ އެ ކާމިޔާބީގެ ސަބަބުން ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން